އީރާނު ބޯޓު ނޫސްވެރިންނަށް ދައްކާލަނީ

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް އަތުލައިގެންފައިވާ އީރާނުގެ ބޯޓު ނޫސްވެރިންނަށް ދައްކާލަން ނިންމައިފައެވެ.

ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް މި ބޯޓު ނޫސްވެރިންނަށް ދައްކާލާނީ މިއަދުއެވެ.

ފުލުހުން ވިދާޅުވީ ބޯޓަށް ދިޔުމަށް ފުރާނީ 4:00 ގައި ތިން ނަމްބަރު ޖެޓީން ކަމަށެވެ. އެނބުރި އައުމަށް ހަމަޖެހިފައިވަނީ 5:00 ގައެވެ.

މިދަތުރުގައި ބޯޓު ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ލިބޭނެއެވެ.

މި އޮޕަރޭޝަނާ ބެހޭ މަޢުލޫމާތު އަންނަ ހަފްތާގައި ނޫސްވެރިންނަށް ދެއްވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ބޯޓުން ވަނީ 50 ކިލޯގެ މަސްތުވާތަކެތި ފެނިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.