ފުވައްމުލަކު ސިޓީ ވިދުވަރު ޢަލިދީދީ އަވަހާރަ ވެއްޖެ

ފުވައްމުލަކު ސިޓީ ވިދުވަރުގޭ ޢަލި ދީދީ އަވަހާރަ ވެއްޖެއެވެ. އޭނާ އަވަހާރަވީ މިމަހު 13 ވަނަ ދުވަހުއެވެ. އަވާހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސް ކޮޅެއް ފަހުން މާލޭގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އޭނާއަކީ އަތޮޅުތަކުގެ ތާރީޚާއި ދަރިކޮޅުތަކުގެ ވަނަވަރު  ވަރަށް ބޮޑަށް ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ. ޢާއިލާތަކުގެ ވަނަވަރު ވަރަށް ފަސޭހަކަމާއެކު އޭނާ ވިދާޅުވެއްދެއްވިއެވެ. ޚާއްސަކޮށް ރަސްރަސްކަލުންގެ ދަރިކޮޅު ތަކެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީޚަށް ޚާއްސަ ބޭފުޅެކެވެ. އެ ސިޓީއާ ބެހޭގޮތުން ތާރީޚުގައި ހިނގާފައިވާ ކަމަށް ބުނާ ހުރިހާކަމެއްގެ ވާހަކަހެން އޭނާ ދެނެވަޑައި ގަންނަވައެވެ.

2016 ވަނަ އަހަރު އޭނާ ވިދާޅުވެފައިވަނީ ތާރީޚާ ބެހޭ ގޮތުން އޭނާއަށް އެނގިވަޑައިގަންނަވާ އެއްޗެއް އެހެން މީހުންނަށް ދަސްކޮށްދެއްވަން ބޭނުންފުޅުވި ކަމަށެވެ. އެހެންނަމަވެސް އެކަން ދަސް ކުރުމުގެ ޝައުގުވެރިކަން އެއްވެސް ބަޔަކު ހާމަކޮށްފައި ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޢަލީ ދީދި އަވަހާރަ ވުމާ ގުޅިގެން ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ މުޙައްމަދު ތާރީޤު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޢަލި ދީދީއަކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އޭނާގެ ދާއިރާއިން ޚިދުމަތް ކޮށްދެއްވި ޚިދުމަތްތެރިއެއް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.