އެމްސީއެސްގެ މުވައްޒަފުންނަށް ހިލޭ ބޭސްކޮށްދެނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މުވައްޒަފުންނަށާއި އާއިލާތަކަށް ހިލޭ ބޭސްފަރުވާ ކުރުމުގެ އެއްބަސްވުމެއްގައި މެޑިކާ ހޮސްޕިޓަލާއެކު މިއަދު ސޮއި ކުރައްވައިފިއެވެ.

މެޑިކާ ހޮސްޕިޓަލާއެކު ކި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްސީއެސްގެ ދަށުން ހިންގަމުންދާ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) އިންނެވެ.

މި އެއްބަސްވުމަކީ، ޖަލުތަކާއި ޕެރޯލް ޤާނޫނުން ލާޒިމުކުރާ، މުވައްޒަފުންގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެ މުވައްސަސާއިން ކުރެވެމުން އަންނަ މައްސައްކަތްތަކުގެ ތެރެއިން ކުރި ކަމެކެވެ.

މި އެއްބަސްވުމުގެ ދަށުން މެޑިކާ އިން ބޭސްފަރުވާގެ ޚިދުމަތް ހޯދާ މުވައްޒަފުންނަށް އާސައިންދައިގެ އިތުރުން ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ދައްކާނީ ޕްރިސްކޯގެ ފަރާތުންނެވެ. އަދި މި މުއްދަތުގެ ތެރޭގައި މުވައްޒަފުންނަށް ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް ހަމަޖެހިފައިވަނީ، ޕްރިސްކޯ އިން ކަނޑައާޅާ ވަކި އުޞޫލެއްގެ ދަށުން ކަމަށް އެތަނުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.