އިސްލާމީ ޑިމޮކްރަސީއާ ބެހޭ ޖަލްސާއެއްގެ ދަޢުވަތު ރައީސް މައުމޫނަށް !

l_147289754223XmIA

އިސްލާމްދީނާއި ޑިމޮކްރަސީއާ މި މައިގަނޑު ނަމުގެދަށުން މި އަހަރުގެ ނޮވެމްބަރު މަހު ސްރީލަންކާގައި ބާއްވަން ހަމަޖެހިފައިވާ، ބައިނަލްއަގުވާމީ ޖަލްސާއެއްގައި ބައިވެރވެވަޑައިގަތުމުގެ ދައުވަތު، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަރުވައިފި އެވެ.

ލަންކާ ބޮޑުވަޒީ ރައީސް މައުމޫނަށް މިދަޢުވަތު އެރުއްވީ، އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ދެބޭފުޅުން ސިންގްޕޫރަށް ކުރެއްވި ދަތުރުފުޅުގެތެރެއިންނެވެ،

ދެބޭފުޅުންވަނީ ސިންގަޕޫރުގައި ބައްދަލުކުރައްވާފައެވެ. ރައީސް މައުމޫންވަނީ މިދަޢުވަތު ޤަބޫލުފުޅުވެސް ކުރައްވާފައެވެ.

ސިންގަޕޫރުގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ރައީސް މައުމޫނާއި ލަންކާގެ ބޮޑުވަޒީރާ ދެބޭފުޅުންވެސް ވަނީ ތަޤުރީރުކުރައްވާފައެވެ.

ރައީސް މައުމޫންގެ ކުރެއްވި ތަގުރީރުގައި ވަނީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކުގެ ޞުލްޙަ އާއި ތަރައްގީ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެމައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެކަންކަން ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ޤާއިމުކުރަންޖެހޭ ނިޒާމުގެމައްޗަށް ރައީސް މައުމޫން ބައްލަވާލެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.