މާލެއަތޮޅު އޮޅުވެލި ރިސޯޓުގައި މަސައްކަތް ކުރަމުންދާ ބަނގްލަދޭޝް ބަޔަކު އެރިސޯޓުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރަމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށް ފުލުހުން އެރިސޯޓަށް ދާން ތައްޔާރުވާން ފަށައިފިއެވެ.
ފަންސާހަކަށް ބިދޭސީން ވެގެން ހަޅުތާލު ކުރަމުންދަނީ އެމީހުންނަށް މުސާރަ ނުދޭ ކަމަށް ބުނެއެވެ. ފުލުހުން ވިދާޅުވީ އެމީހުން މަސައްކަތް ކުރަމުންދަނީ ދަނޑިބުރިފަދަ ތަކެތި ހިފައިގެން ފަތުރުވެރިން އުޅޭސަރަޙައްދަށް އެރުމަށް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
އެމީހުންނަކީ އެ ރިސޯޓުގައި ތާރޑު ޕާޓީގެ ކޮންޓްރެކްޓްގައި މަސައްކަތްކުރަމުންދާ ބައެކެވެ. އެމީހުންގެ ޢަމަލުތައް ހުރީ ރިސޯޓުގެ މަސްލަހަތު ގެއްލޭގޮތަށް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.