ކީރިތި ޤުރުއާނާބެހޭ ޤއުމީ މަރުކަޒަށް އިނގިރޭސިބަހުން ކިޔާނަން ކަނޑައަޅުއްވައިފި

ކީރިތި ޤުރުއާނާބެހޭ ޤއުމީ މަރުކަޒު: ފޮޓޯ ދި އިސްލާމް

ކީރިތި ޤުރުއާނާބެހޭ ޤއުމީ މަރުކަޒުގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ކަނޑައަޅުއްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

އެމަރުކަޒަށް އިނގިރޭސިބަހުން މިހާރު ކިޔަނީ "ނެޝަނަލް ސެންޓަރ ފޯރ ދަ ހޮލީ ޤުރުއާން" އެވެ. އެތަނަށް ކުރިން ކިޔަމުންއައީ  "ސެންޓަރ ފޯރ ދަ ހޮލީ ޤުރުއާން" އެވެ.

ޤުރުއާނާބެހޭ ޤައުމީ މަރުކަޒަކީ ރައީސް މައުމޫންގެ ވެރިކަމުގައި 2000 ވަނަ އަހަރު އުފެއްދެވި ތަނެކެވެ. ޤުރުއާން ކިޔަވައި ދެއްވުމުގެ އިތުރަށް އެތަނުން އިމާން ކޯސްވެސް ހިންގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.