ގަމުގައި މީހަކު ރަހީނުކުރި މައްސަލާގައި ފަޒީލް ބަންދުކޮށްފި

ފަޒީލް

މިހިނގާ މެއި މަހު ފުރަތަމަ ދުވަހު ޢުމުރުން 44 އަހަރުގެ މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައާ ގުޅިގެން އިބްރާހީމް ފަޒީލް ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެމީހާ ރަހީނުކޮށްގެން ގެންގުޅެފައިވަނީ ލ. ގަމުގައެވެ.

ފުލުހުން ވިދާޅުވީ ފަޒީލް ބަންދުކޮށްފައިވަނީ ފިލައިގެން ހުޅުމާލޭގައި އުޅެނިކޮށް ރޭގެ ވަގުތެއްގައެވެ. އޭގެ ކުރިން އިތުރު ދެ މީހަކު ވަނީ މިމައްސަލައާ ގުޅިގެން ބަންދުކޮށްފައެވެ.

އެމީހާ ރަހީނު ކުރުމަށްފަހު އޭނާ އަތުން ވަނީ 8900 ރުފިޔާ ފޭރިގެންފައެވެ. އެފަހުން އިތުރު ފައިސާ ހިފައިގެން އަންނަން ބުނެ އޭނާވަނީ ދޫކޮށްލައިފައެވެ. ފަޒީލްގެ އިތުރަށް ބަންދު ކޮށްފައިވާ ދެމީހުން އަތުލައިގަތީ އެމީހާ ފައިސާ ހިފައިގެން އަންނަންދެން އިންތިޒާރުގައި ތިއްބައެވެ. އެމީހާ ދޫކޮށްލީވެސް އިތުރަށް ފައިސާ ހިފައިގެން އައުމަށް ޝަރުތުކޮށްފައެވެ.

ފަޒީލަކީ ލ. ކައްދޫއިން މާމެންދޫއަށް ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިފައިވާ ކަމަށް ބުނާ ޢުމުރުން 19 އަހަރުގެ ޝިމާ ނާފިޒު ގޮވައިގެން ޑިންގީގައި ދަތުރުކުރި މީހާއެވެ. އަދި އެ މައްސަލާގައި އެންމެބޮޑަށް ތުހުމަތު ކުރެވުނު މީހާވެސްމެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.