ބިދޭސީންގެ އަތްދަށުން ލޯކަލްމާރުކޭޓު ސަލާމަތް ކުރަންޖެހޭ

ކޮންމެ ރޯދަމަހަކާ ދިމާކޮށް މާލޭގެ ބާޒާރުގައި ތަކެތީގެ އަގުބޮޑުވުމަކީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. ރޯދައަށް ޢާއްމުކޮށް ބޭނުންވާ ބާވަތްތައް ކުއްލިއަކަށް އަގުބޮޑުވުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ބައެއް ރައްޔިތުން ބުނެއެވެ. ބާޒާރުގައި މިފަހަރު ތަކެތީގެ އަގުބޮޑުވެފައިވަނީ އެކަން އެގޮތަށް ނުކުރެއްވުމަށް ރާއްޖޭގެ އެންމެމަތީވެރިޔާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނިކޮށްނެއެވެ. ރޯދަމަހުގެ ދެވަނަ ދުވަސް ނިމުމަކަށް އައިސްފައިވާއިރު ބާޒާރުގެ އަގުތައްވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މޯލްޑިވްސްޓްރޭޑޫ ޔޫނިއަންގެ ނާއިބު ރައީސް ސަޢުދުﷲ އަޙުމަދު ވިދާޅުވީ އަގު އުފުލެންދިމާ މައިގަނޑު އެއް ސަބަބަކީ މާލޭގެ ބާޒާރު ބިދޭސީންއަތްމަތީގައި އޮތުމުން ކަމަށެވެ. "މުޅި ބާޒާރު ކޮންޓްރޯލްކުރަނީ ބިދޭސީން. އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ ޤަވާޢިދާ ޚިލާފަށް އުޅޭމީހުން. އެމީހުން ހިތަށްއެރި ގޮތެއް ހަދަމުން އެގެންދަނީ. ހިތަށްއެރި އަގުތަކެއްގައި މުދާ ވެސް ވިއްކަނީ. މިއީ ބަލައިގަނެވޭނެ ކަމެއްނޫން. ދިވެހީން އެބަޖެހޭ މިކަމަށް ވިސްނައި ހޭއަރަން. ފަސޭހަކޮށްލަން މުޅި ބާރު އެމީހުންގެ ހިތަކަށް ދޭކަށްނުޖެހޭ. އެގޮތަށް ހަދާހާ ހިނދަކު މިކަމެއް ޙައްލެއް ނުވާނެ،" ސައުދު ވިދާޅުވިއެވެ.

މާރުކޭޓުގެ ގޮޅިތަކުގައި ދިވެހީންނަށްވުރެ ގިނައީ ބިދޭސީންނެވެ. ފައިސާކެނޑުމާއި ތަކެތި ވިއްކުމާއި ފޯރުކޮށްދިނުމުގައި އެންމެކުރީ ސަފުގައިތިބެނީ ވެސް ބިދޭސީންނެވެ. "ދިވެހި ވިޔަފާރުތަކުގައި އެގޮތަށް ބިދޭސީން ޙަރަކާތްތެރިވުމަކީ މަނާކާމެއް. މިކަންކަން އިސްލާޙުވާނީ އެންމެމަތީން ފެށިގެން އެންމެ އާދައިގެ މީހާ ވެސް ޒިންމާދާރުވެގެން،" ސަޢުދު ވިދާޅުވިއެވެ.

ރޯދަމަހު ތަކެތީގެ އަގުބޮވާ ސަބަބެއްކަމަށް ވިޔަފާރިވެރިން ބުނަނީ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކޮށްދެވިގެން ކަމަށެވެ. އެހެންނަމަވެސް ސަޕްލައި ކޮށްދޭ ފަރާތްތަކުން ބުނަމުން ގެންދަނީ ބައެއް ބާވަތްތައް ރޯދަމަސް ނިމެންދެން އެއްވެސް ދަތިކަމެއްނެތި ފޯރުކޮށްދެއްވާނެ ކަމަށެވެ. ރޯދަމަހު އެންމެ ޢާއްމުން ބާވަތް ކަމަށްވަ ކަރާ އެންމެ ގިނައިން ގެންނަނީ ތޮއްޑޫއިންނެވެ. ތޮއްޑޫ ދަނޑުވެރިން ބުނަނީ ސަޕްލައިގެ މައްސަކައެއް ދިމާވެގެން އަގުބޮޑުވާންނުޖެހޭނެ ކަމަށެވެ.

އެސްޓީއޯއިންވަނީ ފިޔާ، ބިސް، އަލުވި، އެތެރެކޮށް ވިއްކަން ފަށައިފައެވެ. އެކުފުންފުނިން ވެސް ވިދާޅުވެފައިވަނީ އެއްވެސް ދަތިކަމެއްނެތި މިވާބަތްތައް ރޯދަމަސް ނިމެންދެން ލިބެންހުންނާނެ ކަމަށެވެ. އެހެން ކަމަށްވާނަމަ ޑިމާންޑު ބޮޑުވެގެން އަގަށް ބަދަލު އަންނަވީ ސަބަބެއް އޮތްކަމަށް ޢާއްމުން ޤަބޫލެއް ނުކުރެއެވެ. "މިސާލަކަށް ބިސްކޭހެއް ހަތަރުސަތޭކަ ރުފިޔާއަށްވުރެ ބޮޑުވެގެން މިދިޔައީ. އެސްޓީއޯއިން އިއްޔެއަކީ ބަންދު ދުވަހަކަށް ވިޔަސް ކޮންމެވެސް ގޮތެއް ހަދައިގެން އިއްޔެވެސް ބިސް ކޭސް ވިއްކި ނަމަމިހެން ނޫވީސް. މިކަހަލަ ކަންކަން ކޮށްގެން އަގުބޮޑުވިޔަ ނުދީ އެބަޖެހޭ ހިފަހައްޓަން،" މީހަކު ބުންޏެވެ. އެސްޓީއޯގެ ފިހާރަތައް ހިންގާ ބައެއް ރަށްރަށުން މިހާރުވަނީ ބިސް ފިޔާ، އަލުވި ވިއްކުން ކޮންޓްރޯލްކޮށް ކިލޯ ވިއްކަން ފަށައިފައި ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ. އެކަމަކު އަގު ބޮޑެއް ނުކުރެއެވެ.

ޓްރޭޑު ޔޫނިއަން އިން ވިދާޅުވީ އެންމެންވެސް ޒިންމާ އަދާކުރަންޖެހޭ ކަމަށެވެ. ޖަވާބުދާރީވާންޖެހޭ ކަމަށެވެ. ކަމެއް ދިމާވުމުން ފިލައިގެން އުޅުމުގެ ބަދަލުގައި ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ޖަވާބުދާރީ ވުމުން ކަންކަން ޙައްލު ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެތަނުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ހުރިހާ މާރުކޭޓުގައި ބިދޭސީން މިކަންހައްލުކުރަންވީ ގާނޫނުވެސް
    އެބައޮތް އަމަލުނުކުރެވެނީ އެކީވެތޯ ލާރިކަޑަން ބިދޭސީނަކައްނުތިބެވެއޭ ގާނޫނުގައި އޮވެއެވެ އަމަލުކުރަނީކާކުތޯ
    ތަކެތީގެއަގުވެސް އެގެނީބިދޭސީމީހާއައް އެވަރުވީމާއެއީބޮޑުވަރު
    މިކަމައްހަލުބޭނުން ޤާނޫނުކޮބާތޯ ...

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.