ޤައިދީންނާމެދު ހެޔޮކޮށް ހިތުމަށް ހޯމް މިނިސްޓަރ އިލްޠިމާސްކުރައްވައިފި

ޚާއްސަކޮށް ރޯދަމަހު ޤައިދީންނާމެދު ހެޔޮކޮށް ހިތުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޖަލު ބަލަހައްޓަވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ އިލްޠިމާސްކުރައްވައިފިއެވެ.

މިނިސްޓަރ މިކަމަށް އިލްޠިމާސްކުރެއްވީ މާފުށި ޖަލުގައި މިއަދު ފެންޕްލާންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޯދަމަހު ޤައިދީންނަށް ދެވެންއޮތް ލުޔެއް ދެއްވާ، ވީހާވެސް ބޮޑަށް އޯގާތެރިކޮށް އަދި ހެޔޮކޮށް ހިތުމަށް ޖަލު އޮފިސަރުންގެ ކިބައި މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. މިނިސްޓަރ ވިދާޅުވީ ޤައިދީންނަކީވެސް ހަމަ "އަޅުގަނޑުމެންގެ ތެރެއިން ބައެއް" ކަމަށެވެ. އެމީހުންގެ ތެރެއިން ގިނަ މީހުންވެސް ތިބޭނީ ރޯދައަށް ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން އެމީހުންނާ މެދު އިޙުސާންތެރި ވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

" ޚާއްޞަކޮށް ރަމަޟާންމަހަށްޓަކައި ވީހާވެސް އޯގާވެރިކަމާއި، ހަމްދަރުދީއާ ކުލުނާއެކުގައި މުއާމަލާތްކުރުމަށް. ރޯދަމަހަށްޓަކައި ވަކިން އިހުސާންތެރިކޮށް ޤައިދީންނާ ދޭތެރޭ ކަންތައްތައް ކުރުމަށް ހުރިހާ އޮފިސަރުންނަށް އަޅުގަނޑު އިލްތިމާސްކުރަން. " މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.