ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނީ އަންގާރަ ދުވަހު: މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަތުމުގެ ތެރެއިން: ފޮޓޯ ސަން

މި އަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށްޓަވާނީ އަނަން އަންގާރަ ދުވަހު ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ނެރުއްވާފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ ފިޠުރުޒަކާތް ބަލައި ގަންނާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ގޮސް ރޯދަމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މާލެއިން ޒަކާތް ބައްލަވައިގަންނަވާނޯ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:15 އިން މެންދުރު 1:00 އާ ހަމައަށެވެ. ޒަކާތް ބަލައިގަންނާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.

ވިލިމާލޭގައި ޒަކާތް ބަލައިގަންނާނީ ސިޓީ ކައުންސިލްގެ ވިލިމާލެ ޔުނިޓުންނެވެ.  ހުޅުމާލޭގައި ޒަކާތް ބަލައިގަންނާނީ ކޮމިއުނިޓީ ސެންޓަރުންނެވެ. އޭގެއިތުރަށް ރަށްރަށުގައި ފިޠުރު ޒަކާތް ބަލައިގަންނާނީ އެރަށެއްގެ ކައުންސިލް އިދާރާއިން ކަމަށް އެ އިޢުލާނުގައި ވިދާޅުވެފައިވެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެ އަހަރެއްގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯއަށް ވާ އަގެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.