ފުވައްމުލަކު ސިޓީއަށް ސުޕަރނެޓު ތަޢާރަފް ކޮށްފި

ސުޕަރނެޓު ތައާރަފް ކުރުމަށް ފުވައްމުލަކުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސް އިން ފުވައްމުލަކަށް ސުޕަނެޓް ތަޢާރަފްކޮށް އެ ސިޓީއަކީ އުރީދޫ މޯލްޑިވްސްގެ ފުރަތަމަ ގިގަބައިޓް ސީޓީ ކަމަށް ވެއްޖެއެވެ. އެ ސިޓީއަށް ސުޕަރނެޓް ތަޢާރަފް ކުރީ ފުވައްމުލަކުގައި  ޤާއިމްކޮށްފައިވާ ފައިބަރ އޮޕްޓިކް ނެޓްވޯކް މެދުވެރިކޮށެވެ.

މި ޚިދުމަތް އެ ސިޓީއަށް ތަޢާރަފް ކޮށްދެއްވީ އެ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ، ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙު ޖަމާލެވެ.

އެ ސިޓީއަކީ ޓެކްނޮލޮޖީ ހަބެއް ގޮތުގައި ކުރިއަރަމުން އަންނަ ސިޓީއެލެވެ. ފުވައްމުލަކު ސިޓީގެ ޑިޖިޓަލް ބޭނުންތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑު ލިބޭ، ތަފާތު ބްރޯޑްބޭންޑް ޕެކޭޖުތަކެއް އެ ސުޕަރނެޓް މެދުވެރިކޮށް ފޯރު ކޮށްދެއްވާނެއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ މިފަދަ މުހިންމު ޚިދުމަތެއް ފުވައްމުލަކުގައި ފެށުމަކީ އޭނާއަށް ލިބިވަޑއިގެންނެވި އުފަލެއް ކަމަށެވެ. މީގެ ސަބަބުން ފުވައްމުލަކު ސިޓީގެ ސުޕަނެޓް ކަސްޓަމަރުންނަށް މާކެޓްގައި މިހާރު ހުރި އެންމެ ރަނގަޅު އަގުތަކުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ލިބޭނެއެވެ. މި ޚިދުމަތާއެކު އުރީދޫން ވަނީ ޚާއް

އުރީދޫ އިން ވަނީ އެ ޚިދުމަތަކާ އެކު އިންޓަނެޓްގެ ހާއްސަ ޕެކޭޖުތަކެއް ވެސް ތައާރަފް ކޮށްފަ އެވެ.

އަން ޖޫންމަހުގެ 5 ގެ ކުރިން ސުޕަރނެޓްގެ ޚިދުމަތް ގަންނަ ފަރާތްތަކަށް ކޮންމެ ޕެކޭޖެއް ނެގި ނަމަވެސް ހަމަސް ދުވަހުގެ މުއްދަތަށް 20 އެމްބީޕީއެސް ޕެކޭޖުގެ ސްޕީޑު ލިބޭނެ އެވެ. މީގެ އިތުރުން ހަ މަސް ދުވަހުގެ މުއްދަތަށް އެމޭޒަން ޕްރައިމް ވީޑިއޯ މެމްޕާޝިޕް ހިލޭ ލިބޭނެ ކަމަށް އުރީދޫން ވަނީ ވިދާޅުވެފައެވެ.

ސުޕަރނެޓުގެ ޚިދުމަތް ހޯދުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. އުރީދޫން ވިދާޅުވެފައިވަނީ 2 އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ތަފާތު ސުޕަރނެޓް ބްރޯޑްބޭންޑް ޕެކޭޖްތައް ވެސް އެތަނުން ފޯރުކޮށްދެ އެވެ.

މި ޕެކޭޖުތައް ވަނީ ފޭސްބުކާއި ޔޫޓިއުބާއި ނެޓްފްލިކްސް ފަދަ މަޤުބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކޮށްފަ އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.