ހެރިޓޭޖު ޓްރަސްޓް ފަންޑުގައި އެއް މިލިއަނަށްވުރެ ގިނަރުފިޔާ

ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫން: ފޮޓޯ ރައީސް އޮފީސް

ސަޤާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތް ކުރުމަށް ލިބޭ ފައިސާ ޖަމާކުރުމަށް ޤާއިމު ކުރައްވާފައިވާ "ހެރިޓޭޖް ޓްރަސްޓް ފަންޑް" ގައި 1،039،225.08 ރުފިޔާ އެބަހުރި ކަމަށް މިނިސްޓްރީއޮފް، އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުން ހިނގަވާ ޑިޕާޓުމަންޓް އޮފް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.

އެފައިސާއަކީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި ވިޔަފާރިތަކުންނާއި އެނޫން ވެސް ފަރާތްތަކުން ރާއްޖޭގެ ސަޤާފަތާއި ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް ޖަމާ ކޮށްދެއްވާ ފައިސާއެވެ. އޭގެ އިތުރަށް އެފަންޑުގައި ހިމެނިފައިވަނީ ޤައުމީ ދާރުލްއާސާރާއި ހއ. އުތީމު ގަނޑުވަރުން ވިއްކާ ޓިކެޓަށް ލިބޭ ފައިސާ ކަމަށް އެ ޑިޕާޓުމަންޓުން ވިދާޅުވެފައިވެއެވެ.

މިހާރު ވަނީ "ހެރިޓޭޖް ޓްރަސްޓް ފަންޑް" ކޮމިޓީ އަލުން އެކުލަވާލައްވައިފައެވެ. އަދި އެފަންޑު އަލުން އެކުލަވާލެއްވުމަށްފަހު ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވައިފައެވެ. އެފަންޑު ކޮމިޓީގައި މިނިސްޓްރީއޮފް، އާޓް ކަލްޗަރ އެންޑް ހެރިޓޭޖުގެ އިތުރަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި، މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓާއި، މިނިސްޓްރީ އޮފް ފިނޭންސް ތަމްސީލް ކުރައްވާ ބޭފުޅުން ތިއްބަވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.