ޢިމާރާތަކުން ވެއްޓުނު ބަނގަލްދޭޝް މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި

އައިޖީއެމް ހޮސްޕިޓަލް

މާލޭ މުތީ ގޯޅީގައި ޢިމާރާތް ކުރަމުންދިޔަ ގެއަކުން ވެއްޓުނު ބަނގްލަދޭޝް މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ އެމީހާއަށް ފަރުވާދެމުން ގެންދަނީ އިމަޖެންސީ ރޫމުގައި ކަމަށެވެ. ޑޮކްޓަރުން ގެންދަވަނީ އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ދެނެގަތުމުގެ މަސައްކަތް ކުރައްވަމުން ކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ. މިހާތަނަށް ބެލިބެލުމުން އޭނާގެ ޙާލަތު ސީރިއަސްނޫން ކަމަށް އައިޖީއެމްޗުން ވިދާޅުވިއެވެ.

އޭނާ ވެއްޓިފައިވަނީ ގާތްގަނޑަކަށް ދިވަހަވަރަކަށް ފޫޓު މަތިންނެވެ. އޭނާއަކީ ޢުމުރުން 25 އަހަރުގެ މީހެކެވެ.

ފުލުހުންނަށް މިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:00 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެމީހާ ވެއްޓިފައިވަނީ އެގޭގެ ފަސްވަނަ ފަންގިފިލާއިން 4 ވަނަ ފަންގިފިލާއަށެވެ.

މާފުށީޖަލުގައި ތިބި ބަނގްލާދޭޝްގެ ދެގައިދީއެއްގެ މެދުގައި މިއަދު ހިނގި މާރާމާރީއެއްގައި އަނިޔާވެގެން ގެނައި މީހަކަށް ވެސް އައިޖީއެމްއެޗުގައި ގެންދަނީ ފަރުވާ ދެމުންނެވެ. އެހެންނަމަވެސް އޭނާގެ ޙާލަތާމެދު ޑޮކްޓަރުން އަދި ވަކި އެއްޗެއް ވިދާޅުނުވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. އެހެންނަމަވެސް ސީޓީ ސްކޭނަކާއި ލޭގެ ޓެސްޓް ތަކެއް ހަދަންޖެހޭ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އައިޖީއެމްއެޗުގެ މީޑިއާކޯޑިނޭޓަރ މުޙައްމަދު މުފީދު ވިދާޅުވިއެވެ.

ފުލުހުން ގެންދަވަނީ މި ދެ މައްސަލަ ވެސް ތަޙުޤީޤު ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.