ރައީސް އޮލިމްޕިކް ކޮމެޓީގެ ޖެނަރަލް ސެކްރެޓަރީއާ ބައްދަލުކުރައްވައިފި

82827_fc1643b7-7_

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް "ޓްރެއިނިން ވިތް އެމްވީ ޗެމްޕްސް" އިންތިޒާމްކުރެއްވި އޮލިމްޕިކް ކޮމެޓީގެ ޖެނަރަލް ސެކްރެޓަރީ އަޙުމަދު މަރުޒޫޤުއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި "ޓްރެއިނިން ވިތް އެމްވީ ޗެމްޕްސް" އިންތިޒާމްކުރެއްވި އޮލިމްޕިކް ކޮމެޓީގެ ޖެނަރަލް ސެކްރެޓަރީ އަޙުމަދު މަރުޒޫޤުވަނީ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ކުރައްވާ މަސައްކަތަށާ އެތްލީޓުންނަށް ދެއްވާ ހިތްވަރު ފާހަގަކުރެއްވުމުގެގޮތުން ހަދިޔާއެއްގެގޮތުގައި އެމަނިކުފާނަށް ރިލޭ ބެޓަންއެއް ވެދުމަށް އަރުވާފައެވެ. އަދި މަރުޒޫޤުވަނީ "ޓްރެއިނިން ވިތް އެމްވީ ޗެމްޕްސް"ގެ ދަޢުވަތު ޤަބޫލުފުޅުކުރައްވާ، އެ ޓްރެއިނިން ފުރިހަމަ ކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.