ގެއެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި

މާފަންނު ގެއެއްގެ ދެވަނަ ފަންގިފިލާގައި އޭސީއެއް ހަރުކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު ވެއްޓި އަނިޔާވުމުން އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.

އައިޖީއެމްއެޗުގައި މީޑިއާ ކޯޑިނޭޓަރ މުޙައްމަދު މުފީދު ވިދާޅުވީ އެމީހާއަށް މިހާރޔ ގެންދަނީ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން ކަމަށެވެ. އޭނާގެ ޙާލަތާ ބެހޭ ގޮތުން އިތުރު މަޢުލޫމާތެއް ދެވޭނީ ޑޮކްޓަރު ބައްލަވާފައި މަޢުލޫމާތު ދެއްވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަނިވެގެން ފަރުވާ ދެމުން ގެންދަނީ ޢުމުރުން 18 އަހަރު ޒުވާނަކަށެވެ. އޭނާއަކީ ބަނގަލަދޭޝް މީހެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ޙާދިސާ ހިނގާފައިވަނީ މިއަދު 18:34 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.