ރަންޓީމުގެ މައްޗަށް ޤައުމީޓީމު މޮޅުވެއްޖެ

ސާފްޗެމްޕިއަންޝިޕް 2008 ، ކާމިޔާބުކުރި ދިވެހި ޤައުމީ ޓީމު. ފޮޓީ:މިހާރު
ސާފްޗެމްޕިއަންޝިޕް 2008 ، ކާމިޔާބުކުރި ދިވެހި ޤައުމީ ޓީމު. ފޮޓީ:މިހާރު
ސާފްޗެމްޕިއަންޝިޕް 2008 ، ކާމިޔާބުކުރި ދިވެހި ޤައުމީ ޓީމު. ފޮޓީ:މިހާރު

ފުޓްބޯޅައިން މިހާތަނަށް ރާއްޖެއަށ ލިބުނު ހަމައެކަނި ރަންމެޑެލް 2008 ވަނައަހަރު ހޯދައިދިން، ޤައުމީ ފުޓްބޯޅަޓީމާއި، މިހާރުގެ ޤައުމީޓީމު ކުޅުނު ދައްކާލުމުގެ މެޗު ޤައުމީޓީމު ކާމިޔާބުކޮށްފިއެވެ.

ރޭ ޤައުމީ ފުޓުބޯޅަދަނޑުގައި ކުޅުނު މިމެޗު ޤައުމީޓީމުން ކާމިޔާބުކުރީ 1 – 0 ގެ ނަތީޖާއަކުންނެނެވެ.

ފުޅުބޮޅައިގެ ރަންޓީމުގެ ގޮތުގައި މަޝްހޫރުވެފައިވާ ކުރީގެ ޤައުމީޓީމާއި، މިހާރުގެ ޤައުމީ ޓީމު ބައްދަލުމިކުރީ، ފުޅުބޯޅައިން ރާއްޖެއަށް ރަން މެޑެލް ލިބުނުތާ 8 އަހަރުފަހުންނެވެ. މި ޚާއްސަ މެޗަކީ، ރާއްޖޭގެ ފުޅުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އެފްއޭއެމްއިން ފަށާފައިވާ މަސައްކަތުގެދަށުން ކުރެއްވިކަމެކެވެ. އަދި މިއީ ގެއްލިފައިވާ ފުޓުބޯޅަ ފޯރި އަލުން އިޔާދަކުރުމާއި، ޤައުމީ ފުޓްބޯޅަޓީމު ކުރިއަށްހުރި މުބާރާތްތަކަށް ތައްޔާރުކުރުމުގެ ފެށުންކަމަށްވެސް އެފްއޭއެމްއިން ވިދާޅުވެއެވެ.

ރޭ ކުޅުނު ޚާއްސަ މެޗުގައި ރަންޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނީ ވެސް އޭރުގެ ފުރަތަމަ އެގާރައެވެ . އޭގެ ތެރޭގައި މިހާރުގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި ވައިސް ކެޕްޓަން ގޯލްކީޕަރު އިމްރާން މުހައްމަދު ވެސް ކުޅުނީ ކުރީގެ ޓީމަށެވެ.

ރޭގެ މެޗުގައި ހަމައެކަނި ގޯލު 8 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އިމްރާން ނަޝީދެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ އިސްމާއިލް އީސާ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

ރޭގެ މެޗުގެ ދެވަނަ ހާފްގައި، ރަންޓީމުގެ ކުޅުންތެރިއެއްގެގޮތުގައި އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ ކުޅެން އެރިއެވެ. އޭނާ މިމެޗަށް އައީ ޚާއްސަ މެހެމާނެއްގެގޮތުގައެވެ. އޭނާގެ އިތުރުން ބާސެލޯނާގެ ލެޖެންޑު ޒަވީވެސް މިމެޗު ޗަރަފްވެރިކުރުމަށް ވަނީ އައިސްފައެވެ. އެހެންނަމަވެސް އޭނާ ނުކުޅެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.