އިންޖީނު ހުއްޓުނު ދޯންޏެއްގައި ތިބި މީހުން މާލެ ގެންނަނީ

މަސްބާނަން ނުކުމުގެ އުޅުނު ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެގާއި ތިބި 20 މީހުން އެމްއެންޑީއެފް ކޯސްޓުގާޑު ލޯންޗެއްގައި މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އޭގައި ތިބީ 13 ފިރިހެނުންނާއި 7 އަންހެނުންނެވެ. ފުލުހުން ވިދާޅުވީ އެ ދޯނީގެ އިންޖީން ހުއްޓިގެން ކ. ހިންމަފުށީ ފަރަށް ލައްގަމުންދާ ކަމުގެ މަޢުލޫމާތު ލިބުމުން މެރިން ޕޮލިސް ވަނީ އެސަޙައްދަށް ގޮސްފައި ކަމަށެވެ. މިޙާދިސާގެ މަޢުލޫމާތު ލިބުނީ މިރޭ 10:00 ގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެއީ "ރިލެކް މާލިން" ނަމަކަށްކިޔާ، 45 ފޫޓުގެ ދޯންޏެއް ކަމަށެވެ. އޭގައި ތިބީ މުޅިންވެސް ދިވެހީންނެވެ. ދޯނީގައި ތިބި މީހުން ގޮވައިގެން މާލެއާދެވޭނެ އިރެއް އެނގިފައެއް ނުވެއެވެ.

މި ޙާދިސާއާ ބެހޭ އިތުރު މަޢުލޫމާތެއް އެމްއެންޑީއެފުން ވެސް އަދި ފުލުހުން ވެސް ދީފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.