މާފަންނު ގެއަކުން މަސްތުވާތަކެއްޗާއެކު 18 މީހަކު ބަންދުކޮށްފި

މާފަންނު ގެއެއް ފާސްކޮށް މަސްތުވާތަކެއްޗާއެކު 18 މީހަކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމީހުން ބަންދުކޮށްފައިވަނީ އެގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

"މާފަންނު ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުން ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2019 އެޕްރީލް 25 ވަނަ ދުވަހުގެ 16:10 އެހައިކަންހާ އިރު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 18 މީހަކު ވަނީ ބަންދުކޮށްފައި،" ފުލުހުން ވިދާޅުވިއެވެ.

ބަންދުކުރި މީހުންގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ދިވެހިންނެވެ. އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 56 އަހަރާ ދެމެދުގެ މީހުންނެވެ. މި އެންމެންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެ ގެ ބަލައި ފާސްކުރިއިރު ވަނީ މަސްތުވާތަކެތި ހުރި 8 ޕެކެޓާއި، 24،950 ރުފިޔާ ފެނިފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.