މުޅިރާއްޖޭގައި އިސްތިސްޤާ ނަމާދު ކުރަން ތައްޔާރުވަނީ

ވާރޭ ނުވެހި ގިނަދުވަސްވެ ފަނަނަށް ދަތިވުމުން އެ ދަތިކަން ފިއްލަވައި ދެއްވާތޯ ﷲ އަށް ދެންނެވުމަށް ކުރާ އިސްތިސްޤާ ނަމާދު މުޅި ރާއްޖޭގައި ކުރުމަށް އިސްލާމިކް އެފެއާޒު މިނިސްޓްރީން ނިންމަވައިފިއެވެ.

އެމިނިސްޓްރީން ވިދާޅުވީ އެނަމާދު ކުރުން އޮންނާނީ މިމަހުގެ 15 ވަނަ ދުވަހު މެންދުރު ނަމާދަށްފަހު ކަމަށެވެ. މާލޭގައި ނަމާދު ކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ރަށްރަށުގައި ނަމާދުކުރުން އޮންނާނީ އެރަށެއްގެ މިސްކިތުގައެވެ.

އިސްތިސްޤާ ނަމާދުކުރަން ތައްޔާރު ވަމުންދާއިރު މިއަދު ވަނީ ދެކުނުގެ ބައެއް ހިސާބުތަކަށް ވާރޭ ވެހިފައެވެ.

އައްޝައިޚް ޙަސަން ލަތީފް ވިދާޅުވީ އިސްތިސްޤާ ނަމާދު ކުރަނީ ވާރޭ ނުވެހި ގިނަދުވަސްވެ ފެނަށް ދަތިވުމާއި ހޫނުގަދަވުން ފަދަ ކަންކަމާ ގުޅިގެން ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.