ހުކުރުމިސްކިތު މުންނާރު އެއްފަރާތްކުރަން އުޅޭކަމަށް އަޑުއިވޭ - ޔުމްނާ

munnaaru

މާލޭ ހުކުރުމިސްކިތު މުންނާރު ހުންނަ މެދުޒިޔާރަތްމަގު ފުޅާކުރުމަށް މުންނާރު މަގުން އެއްފަރާތަށް ޖައްސަން އުޅޫކަމުގެ އަޑު އިވިވަޑައިގެންފައިވާކަމަށް ވިދާޅުވެ، ޔުމްނާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކުރީގެ ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނަކީ ޑިޕާޓްމަންޓު އޮފް ހެރިޓޭޖުގެ އެންމެ އިސްވެރިޔާގެ ގޮތުގައު ކުރިން ހުންނެވި މިސަރުކާރުގެ ސްޓޭޓް މިނިސްޓަރެކެވެ. އެކަމަނާ އަމިއްލަފުޅަށް އިސްތިއުފާދެއްވާފައިވަނީ ކަޅުވަކަރު މިސްކިތް ރޫޅާލުމަށް ސަރުކާރުން ނިންމެވުމާގުޅިގެންކަމަށް މަޢުލޫމާތުލިބެއެވެ.

ހުކުރުމިސްކިތު މުއްނާރު މައްސަލާގައި ޔުމްނާ ކުރައްވާފައިވާ ޓްވީޓެއްގައިވަނީ "މަގުފުޅާކުރުމަށް މުންނާރު އެއްފަރާތަށް ޖައްސާވާހަކަ އަޑުއިވޭ. ހުކުރުމިސްކިތްވަނީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓަށް އަރާފައި. ކަމުގައެވެ.

އަދި "މިފަދަ ކަމެއް ކޮށްފިނަމަ ގެއްލުންވާނެ" ކަމަށާ، ހުކުރުމިސްކިތް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް އެރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށްވެސް ދުންޔާގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މިމައްސަލައާގުޅިގެން ހެރިޓޭޖު ޑިޕާޓްމަންޓުގެ ބަހެއް އަދި ނުލިބެއެވެ.

ހުކުރުމިސްކިތު މުންނާރަކީ ހިޖުރައިން 1078 ވަނަ އަހަރު (މީލާދީން 1668) ގައި އިސްކަންދަރު ރަސްގެފާނު ޙައްޖަށް ވަޑައިގަތުމަށްފަހު އެނބުރި މާލެވަޑައިގެން ބިނާކުރެއްވި ބިނާއެކެވެ. މުންނާރު ބިނާކުރައްވައި ނިމުނީ ހިޖުރައިން 1085 ވަނަ އަހަރު އެވެ. މުންނާރު ބިނާކުރެއްވީ އެއިރު ޢަރަބިކަރައިގެ މުންނާރުތައް ހުންނަގޮތަށް ކަމަށްވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.