ފޭދޫގައި ސައިކަލެއްގައި ރޯކޮށް ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފި

ރޭފަތިހު އަންދާލި ސައިކަލް: ފޮޓޯ ޕޮލިސް

ރޭ ފަތިހު ސ. ފޭދޫ ގެއެއްގައި ހުރި ސައިކަލެއް މަގުމައްޗަށް ނެރެ އަލިފާން ރޯކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ އިންޓެލިޖެންސަށް ލިބުނު މަޢުލޫމަތަކާ ގުޅިގެން އެ ސަރަޙައްދަށް ފުލުހުން ދިޔައިރު އެގޭގައި ހުރި ސައިކަލެއް ބޭރަށް ނެރެގެންވަނީ އަލިފާ ރޯކޮށްފައެވެ. ރޭ ފަތިހު 4:50 އެހައިކަންހާއިރު ހިންގި މިޙާދިސާގައި އެ ސައިކަލްވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

ފުލުހުން ގެންދަވަނީ އެމައްސަލަ ބައްލަވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.