މިނިވަންކަމާއި އިސްތިގުލާލު ދެމި އޮންނާނީ މެމްބަރުން ހޮވޭގޮތަކުން: ޤާސިމް

ރާއްޖޭގެ މިނިވަންކަމައީ އިސްތިޤުލާލް ދެމި އޮންނާނީ ކުރިއަށްއޮތް މަޖިލީސް އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވިގެން އަންނަ ގޮތެއްގެ މައްޗަށް ކަމަށް ޖުމްހޫރީޕާޓީން ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާކަ ދައްކަވަމުން ޖޭޕީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީސްގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވީ "ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވިގެން އަންނަ ގޮތުގެ މަތީން މި ޤައުމުގެ މިނވަން ކަމާއި އިސްތިޤުލާލް ދެމި އޮންނާނީ ބައެއްގެ އަތްދަށުވެ،"

ރާއްޖޭގައި މިހާރުއޮތް އަމާންކަމާއި އެގޮތުގައި އަންނަންއޮތް ޖީލާ ހަމައަށް ގެންގޮސްދެވޭނީވެސް މަޖިލިސް އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ކަމަށެވެ. އެހެން ނޫނީ ހުރިހާ އެއްޗެއް ދާނީ ބީވެގެން ކަމަށް ވެސް ވިދާޅުވިއެވެ. އެމްޑީޕީ ވެރިކަމުގައި އޮތްއިރު ކަންތައް ވެގެން ދިޔަ ގޮތުން އެމަންޒަރު މިހާރު ވެސް ފެންނަ ކަމަށް ޤާސިމް ވިދާޅުވިއެވެ. "އެހެންވީމާ ވިސްނުންތެރިކަމާއެކު ކުރަންވީ ކަމަކީ ކޯލިޝަންގައި ހިމެނޭ ހުރިހާ ފަރާތަކަށް މެޖޯރިޓީ ލިބޭނެގޮތް ވެގެންދިއުން އަޅުގަނޑު އެދެނީ،" ޤާސިމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.