އޮފިޑް ފަންޑާއި ސަރުކާރު ގުޅިގެން 65 މިލިއަންޑޮލަރުގެ މަޝްރޫޢެއް ހިންގަނީ

މި އައަހަރު ރާއްޖޭގައި  65.25 މިލިއަންޑޮލަރުގެ ތަރައްޤީގެ މަޝްރޫޢެއް ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އޯފިޑު ގުޅިގެން ހިންގެވުމަށް ނިންމަވައިފައިވާ ކަމަށް ިނިސްޓްރީއޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.

ތަރައްޤީގެ މިމަޝްރޫޢަށް އޮފިޑު ފަންޑުން ޚަރަދު ކުރާނީ 50 މިލިއަން ޑޮލަރެވެ. މި މަޝްރޫޢު ރާއްޖޭގައި ހިންގުމަށް އޮޑިޑު ފަންޑުގެ ބޯޑުން ފާސް ކޮށްފައިވާކަމަށް ވެސް  މިނިސްޓްރީއޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވިއެވެ.

މި މަޝްރޫޢުގައި ހިމަނާފައިވަނީ ރާއްޖޭގެ 7 ރަށެއްގެ ފެނުގެ ނިޒާމް ގާއިމްކުރުމާއި، 8 ރަށެއްގައި ނަރުދަމާގެ ނިޒާމް މިޤާއިމް ކުރުމާއި 5 ރަށުގެ ބަނދަރު ހެދުމެވެ.

"މި މަޝްރޫޢުގެ އެޕްރެއިސަލް މިޝަން މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ވަނީ ނިންމާފައެވެ. އަދި މިރަށްރަށުގެ މަސައްކަތް ފެއްޓުމަށްޓަކައި ބިޑް ކުރުމުގެ މަރުޙަލާ މިއަހަރު މެދުތެރޭ ފެށުމަށްވަނީ ތާވަލް ކުރެވިފައެވެ." މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ފެނުގެ ނިޒާމް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ރަށްރަށަކީ ހދ. މަކުނުދޫ، ނެއްލައިދޫ، ނޭކުރަންދޫ، ށ. ފޭދޫ، ބ. ކެންދޫ، ގދ. ފިޔޯރީ އަދި ވާދޫއެވެ. ނަރުދަމާ ނިޒާމް ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ރަށްރަށަކީ ހދ. މަކުނުދޫ، ނެއްލައިދޫ، ނޭކުރަންދޫ، ށ. ފޭދޫ، ބ. ދަރަވަންދޫ، ބ. ކެންދޫ، ގދ. ފިޔޯރީ އަދި ވާދޫއެވެ. ބަނދަރު ހެދުމަށް ހަމަޖެހިފައިވާ ރަށްރަށަކީ ބ. ދޮންފަނު، ކިހާދޫ، ކުޑަރިކިލު، ގއ. ކޮލަމާފުށިމ ގދ. ހޯޑެއްދޫއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.