ކާރެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު ތިން ބިދޭސީއަކު އަތުލައިގެންފި

ކާރެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު ތިން ބިދޭސީއަކު އަތުލައި ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ ކާރެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ މަޢުލޫމާތު ލިބިގެން ކާރު ހުއްޓުވައު ބެލިއިރު ފަހަތު ސީޓުން މަސްތުވާތަކެތި އަޅައިފައިވާ ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބަނގްލަދޭޝްގެ ތިންމީހެކެވެ. އެއީ ޢުމުރުން 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 2:00 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.