ޓެކްސީއެއްގެ ފުރޮޅު އަރައި މީހެއްގެ ފައިގެ ބޮޑުވައި އިނގިލިން ބައެއް ވަކިވެއްޖެ

ޕާކުކުރަން އުޅުނު ޓެކްސީއެއްގެ ފުރޮޅު މީހެއްގެ ފައިގެ ބޮޑުވާ އިނގިއްޔަށް އަރައި އިނގިލީގެ ބައެއް ވަކިއްވެއްޖެ އެވެ.

މިއަދު ހަވީރު 3:40 އެހައިކަންހާއިރު ހިނގި މިޙާދިސާގައި އަނިޔާވެފައިވަނީ ޢުމުރުން 48 އަހަރުގެ ފިރިހެނަކަށެވެ. ބޭންކު އޮފް މޯލްޑިވްސް ކައިރިން މަގު ހުރަސް ކުރަން އުޅެނިކޮށް އެމީހާގެ ފަޔަށް ޓެކްސީގެ ފުރޮޅުއެރީ ޓެކްސީ ޕާކު ކުރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެމީހާއަށް މިހާރު ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށެވެ. ޓެކްސީ ދުއްވަން އިން މީހާއަކީ ޑްރައިވިން ލައިސަންސް އޮންނަ އަދި ޓެކްސީ ކުރުމުގެ ހުއްދަ ވެސް އޮންނަ މީހެކެވެ. ފުލުހުން ގެންދަވަނީ މި މައްސަލަ ތަޙުޤީޤު ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.