ތިމަރަފުށީގައި ވޭނަކުން ޖެހި 52 އަހަރުގެ އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ތ. އަތޮޅު ތިމަރަފުށީގައި އެއާރޕޯޓް އެޅުމަށްޓަކައި ހިއްކާފައި އޮތް ސަރަހައްދުން ދުއްވާފައިދިޔަ ވޭނަކުން ޖެހި އެރަށު އަންހެނަކަށް އަނިޔާ ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވީ 52 އަހަރުގެ އަންހެނަކަށެވެ. އޭނާގެ ގައިގައި ވޭން ޖެހުނީ އަންހެން މީހާ ހިނގާފައި ދަނިކޮށް ކަމަށްވެއެވެ. އަނިޔާވި މީހާ މާލެ ގައުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވޭނުން ޖެހުމުގެ ސަބަބުން އަންހެން މީހާގެ ބޮލުން ދެތިން ތަނެއް ވަނީ ފަޅައިގެން ގޮސްފައެވެ. އަންހެން މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ އެރަށު ހެލްތް ސެންޓަރުގައެވެ. ނަމަވެސް ފަހުން ވަނީ ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިވަގުތު މާލެ ގެނައުމުގެ މަސައްކަތް ކުރާއިރު އަންހެން މީހާ އޮތީ އަތޮޅު ހޮސްޕިޓަލުގައެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.