ޕީއެސްއެމްގެ "އަލިގަދަ ތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ދައުލަތުގެ ޓީވީން ކޮންމެ އަހަރަކު ރޯދަމަހު ބާއްވަމުން އަންނަ އަގުބޮޑު ފައިސާގެ އިނާމު ހުށަހަޅާފައިވާ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޕީއެސްއެމުން ހުޅުވާލައިފިއެވެ.

ރަމަޞާން މަސް އަންނަން ކުޑަތަންވެފައިވާއިރު ޓީވީއެމުން "އަލިގަދަ ތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވާން ފުރުޞަތު ހުޅުވާލީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޒުވާނުން “ET” ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށް، އެމީހެއްގެ ފުރިހަމަ ނަމާއި، އުމުރު އެނގޭނެ ގޮތަށް 300 އަށް އެސްއެމްއެސް ކުރުމުން މުބާރާތުގެ އޮޑިޝަންގައި ބައިވެރިވެވޭނެ ކަމަށް ޓީވީއެމުން ވަނީ ބުނެފައެވެ.

ޓީވީއެމުން ބުނީ މިފަހަރުވެސް މުބާރާތަށް ހޮވޭ ބައިވެރިން ކަނޑައެޅުމަށް ޚާއްސަ އޮޑިޝަންތަކެއް ބާއްވާނެ ކަމަށާއި މުބާރާތާ ހަމައަށް އަންނަ 12 ބައިވެރިން ވެގެންދާނީ އޮޑިޝަންތަކުން ފުރޭނިގެން އަންނަ އެންމެ ފެންވަރު ރަނގަޅު 12 ބައިވެރިންނަށް ކަމަށެވެ.

އޮޑިޝަންތައް މިފަހަރު ކުރިޔަށް ދާނީ ހއ. އިހަވަންދޫ އާއި ރ. ދުވާފަރުގެ އިތުރުން ގދ. ތިނަދޫ އާއި މާލޭގައެވެ. މުބާރާތުގެ އޮޑިޝަންތަކާއި މުބާރާތުގައިވެސް ފަނޑިޔާރުކަން ކުރައްވަނީ ކަމަށް ގާބިލު، ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ފަނޑިޔާރުންނެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.