ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙަށް މިހާރުވެސް ތާއީދު ކުރައްވާ ކަމަށާއި އަދި އެ ތާއީދު ކުރިޔަށް އޮތްތަނުގައިވެސް ދަމަހައްޓަވާނެ ކަމަށް ރައީސް ސޯލިޙް ވެރިކަމަށް ގެނައުމުގައި މަސައްކަތް ކުރެއްވި އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު މަޝްހޫރު ދީނީ އިލްމްވެރިޔާ ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ޝައިޚް އިލްޔާސް މީގެކުރިން ކުރެއްވި ޓްވީޓަކާއި ގުޅިގެން ބަޔެއް ފަރާތްތަކުން އެ ޓްވީޓުގައި ލިޔުއްވާފައިވާ ވާހަކައިން ރައީސް ސޯލިޙަށް ޝައިޚް އިލްޔާސް ކުރެއްވި ތާއީދު މިހާރު ނުކުރައްވާ ކަމަށްބުނެ ބަޔެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ސާފުކޮށް ދެއްވުމުގެ ގޮތުން މިއަދު އިލްޔާސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކުރިން ކުރެއްވި ޓްވީޓުން އެފަދަ މާނައެއް ނެގުމަކީ ކުށްހީއެއް ކަމަށެވެ.
ކުރިން ކުރެއްވި ޓްވީޓު ބަޔެއް ފަރާތްތަކުން ނުރަނގަޅުކޮށް މާނަ ކުރަމުންދާތީ އިލްޔާސް ވިދާޅުވީ "ގުޅުން ބޭއްވުމުގައި ދީނުގައި އެކަން އައިސްފައިވާ ގޮތް ބަޔާން ކޮށްދިނުމަކީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙަށް ތާއީދު ނުކުރާ ކަމަށް މާނަކުރުމަކީ ކުށްހީއެއް" ކަމަށެވެ.
އިލްޔާސް ވިދާޅުވީ ރައީސް ސޯލިޙަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.
"އިބްރާހިމް މުޙަންމަދު ސޯލިޙް (ރައީސް) އަށް އަޅުގަނޑު ފުރިހަމައަށް ތާއީދު ކުރަން، އަދި އެތާއީދު ދަމަހައްޓާނަން، އިންޝާﷲ" ޝައިޚް ވިދާޅުވިއެވެ.
އިލްޔާސް މިހެން ވިދާޅުވިއިރު އިލްޔާސް ނިސްބަތްވާ އަދާލަތު ޕާޓީގެ އިސްބޭފުޅުންވެސް ވިދާޅުވެފައި ވަނީ ސިޔާސީ ވާދަވެރިކަން ދޫކޮށް ގައުމުގެ އެއްބައިވަންތަ ކަމަށްޓަކައި ރައީސް ސޯލިޙުގެ ސަރުކާރު ދެމެހެއްޓުމުގައި އެޕާޓީ ދެމިއޮންނާނެ ކަމަށެވެ.
Ok Hama thi seykhakee kanda elhigen munaafigu hurihaa sifathakeh fennan hurimeeheh ehen veema hama Ok vaane
އިލްޔާސް ކަލާ މީހަކަށް ވަނީ އިރުއިރު ކޮޅުން ޓްވީޓެއް ކުރީމަތަ؟ ކަލާގެ ސަބަބުން ކަލާއާއި ދީނީ އިލްމުވެރިންގެ އަގުވެއްޓެމުންދަނީ. ކަލާގެ ނޭއްގާނި އަމަލުތައް ހުއްޓަވާލައްވަން ކަލާއަށް ނަސޭހަތްތެރިވަން.