ލަންކާގެ 4 ބޯޓުގައި ތިބި 25 މީހުންގެ ތަޙުޤީގު ފަށައިފި

މީގެ ކުރިން ރާއްޖޭގެ ސަރަހައްދުން އަތުލައިގެންފައިވާ ލަންކާގެ 4 މަސްބޯޓު ހުޅުމާލެ ފަޅުގައި

ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ވަދެއުޅެނިކޮށް އެމްއެންޑީއެފް ކޯސްޓުގާޑުން އަތުލައިގެންފައިވާ ސްރީލަންކާގެ 4 މަސް ބޯޓުގައި ތިބި 25 މީހުންގެ ތަޙުގީގު ކުރަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މިއަދުވަނީ އެ 4 ބޯޓު މިއަދު ހުޅުމާލެއަށް ގެނެސް ފުލުހުންނާ ޙަވާލު ކޮށްފައެވެ. 4 ބޯޓުންގައި ތިބި 25 މީހުން މިހާރު ތިބީ ހުޅުމާލެ ފަޅުގައި އަޅައިފައިވާ ބޯޓުތަކުގައެވެ.

މި ބޯޓުފަހަރު އަތުލައިގެންފައިވަނީ ހއ. ކެލާގެ އިރުއުތުރުން 103 ނޯޓިކަލްމޭލު ބޭރުންނެވެ. މި 4 ބޯޓުގެ ތެރެއިން  ކޯސްޓުގާޑަށް ފުރަތަމަ ފެނުނީ ދެ ބޯޓެވެ. އަނެއް ދެ ބޯޓު ފެނިފައިވަނީ ފުރަތަމަ ފެނުނު ދެ ބޯޓާއެކު ކުޅުދުއްފުށްޓަށް ދަތުރުކުރަމުން އަންނަނިކޮށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.