ޢިމާރާތަކުން ވެއްޓުނު ބާލީދީއަކުން އަންހެނެއްގެ މޭމަތީގައި ޖެހިޖެ

މާލޭސިޓީ މާވެޔޮ ގޯޅީގައި ހަދަމުންދާ ޢިމާރާތަކުން ވެއްޓުނު ބާލިދީއެއް އެވަގުތު އެސަރަޙައްދުން ދިޔަ އަންހެނެއްގެ ގައިގައި ޖެހި އަނިޔާ ވެއްޖެއެވެ.

މިއަދު 13:50 ގައި ހިނގި މިޙާދިސާގައި ބަލިދިން ޖެހިފައިވަނީ ޢުމުރުން 28 އަހަރުގެ އަންހެނެއްގެ މޭމަތީގައެވެ. މި ޙާދިސާގައި އޭނާއަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވިއެވެ.

މި ޙާދިސާ ހިނގުމުން ފުލުހުން ވަނީ ހައުސިން މިނިސްޓްރީއަށާއި، މާލެސިޓީ ކައުންސިލަށް ޙާދިސާ ރިޕޯޓު ކޮށްފައެވެ. އަދި ފުލުހުން ވަނީ ޙާދިސާ ހިނގި ތަނަށްގޮސް އެތަން ބަލައިފައެވެ.

ފަހަކަށް އައިސް ހަދަމުންދާ ޢިމާރާތްތަކާއި، މީހުން އުޅޭ ޢިމާރާތްތަކުން މިފަދަ އެއްޗެހި ވެއްޓި މީހުންނަށް އަނިޔާވުން ވަނީ ޢާއްމު ކަމަކަށް ވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.