ސްރީލަންކާގެ 4 މަސްބޯޓު ފުލުހުންނާ ޙަވާލު ކޮށްފި

މީގެ ކުރިން ރާއްޖޭގެ ސަރަހައްދުން އަތުލައިގެންފައިވާ ލަންކާގެ 4 މަސްބޯޓު ހުޅުމާލެ ފަޅުގައި

ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ވަދެއުޅެނިކޮށް އެމްއެންޑީއެފް ކޯސްޓުގާޑުން އަތުލައިގެންފައިވާ ސްރީލަންކާގެ 4 މަސް ބޯޓު މިއަދު ހުޅުމާލެއަށް ގެންގޮސް ފުލުހުންނާ ޙަވާލު ކުރައްވައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ އުތުރުން މިބޯޓު ފަހަރު އަތުލައިގަތުމަށްފަހު ފުރަތަމަ ގެނެސްފައިވަނީ ހދ. ކުޅުއްދުއްފުށްޓަށެވެ.އެމްއެންޑީއެފްގެ ކޯސްޓްގާޑުން މި ބޯޓުފަހަރު އަތުލައިގައިތީ ހއ. ކެލާގެ އިރުއުތުރުން 103 ނޯޓިކަލްމޭލު ބޭރުންނެވެ. މި 4 ބޯޓުގެ ތެރެއިން  ކޯސްޓުގާޑަށް ފުރަތަމަ ފެނުނީ ދެ ބޯޓެވެ. އަނެއް ދެ ބޯޓު ފެނިފައިވަނީ ފުރަތަމަ ފެނުނު ދެ ބޯޓާއެކު ކުޅުދުއްފުށްޓަށް ދަތުރުކުރަމުން އަންނަނިކޮށެވެ.

މި ބޯޓުފަހާރާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް ފުލުހުންގެ މީޑިއާއަށް ގުޅުމުން ވިދާޅުވީ އެ ބޯޓުފަހަރު މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އިތުރު މަޢުލޫމާތު ފަހުން ޙިއްސާ ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.