އައްޑޫ ސިޓީގައި ހިންގި މަސްފެކްޓްރީއެއްގައި ރޯވެ މުދަލަށް ބޮޑެތި ގެއްލުން ވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ކުރިން ހިންގި "އައްޑޫ ފުރެޝް" މަސް ފެކްޓްރީގައި އަލިފާނުގެ ޙާދިސާއެއް ހިނގައި ޢިމާރާތުގައިހުރި މުދަލަށް ބޮޑެތި ގެއްލުން ވެއްޖެއެވެ.

އެމްއެމްޑީއެފުން ވިދާޅުވީ މިއަދު ހަވީރު 17:53 އެހައިކަންހާއިރު ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އަލިފާން ނިވުމުމުގެ މަސައްކަތް ފަށައިފައި ކަމަށެވެ. މި އިމާރާތުގައި ރޯވި އަލިފާން ކޮންޓްރޯލްކުރުމަށް ސިފައިންނާއި އެ ސަރަޙައްދުގައި ތިބި އާންމު ރައްޔިތުން ކުރި މަސައްކަތުން، އަލިފާން އެއްކޮށް ނިއްވާލާފައިވަނީ އިރުއޮއްސި 18:50 އެހައި ކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ގެއްލުން ލިބުނު މުދަލަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމަށާއި ގެއްލުން ވެފައިވާ މުދަލުގެ ތަފްސީލެއް ވެސް އެނގިފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.