ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ހުޅުވާފައިވާ ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު މިރޭ 22:00 އާ ހަމައަށް އިތުރު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިް ހަމަޖައްސަވައިފައިވަނީ މިއަދު މެންދުރު 2:00 އާ ހަމައަށް މުއްދަތު ހަމަވާ ގޮތަށެވެ. މިރޭ ބާރައަށް މުއްދަތު އިތުރު ކޮށްދެއްވީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 6 ވަނަ ދުވަހުއެވެ. އީސީން ވިދާޅުވީ މިހާރު ދިމާވެފައިވާ އެންމެބޮޑު އެއްކަމަކީ އިންތިޚާބަށް ބޭނުންވާ ޢަދަދަށް އޮފިޝަލުން ލިބުމުގެ މައްސަލަ ކަމަށެވެ. އެމައްސަލަ ޙައްލު ކުރުމަށް ސިޔާސީ ޕާޓީތަކައި ސަރުކާރުގެ މިނިސްޓްރީތަކާވެސް އީސީން ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.