އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަ ކުރުމަށް ހަވާއަރުވައިފި

ސިނަމާލެ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާއަރުވަނީ

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި  އަންހެން ސިފައިން ޚިދުމަތްކުރާތާ 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާއަރުވައިފިއެއެވެ.

ހަވާއެރުވުމުގެ ކުޅިވަރު ބާއްވައިފައިވަނީ މިރޭ 20:30 އެހައިކަންހާއިރު ސެނެހިޔާ ކުރިމަތީގައި އޮންނަ ހުސްބިމުގައެވެ. މި ޙަރަކާތް ފަސް މިނުޓަށް ކުރިއަށް ގެންދިޔައެވެ. މިރޭ ހަވާއަރުވައިފައިވަނީ ޢާއްމުންނަށް ވެސް ހުޅުވާލައިގެންނެވެ.

އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ސިފައިންގެ ޢާއިލާތަކުން ބައިވެރިވެގެން ކަޅުތުއްކަލާކޮށީގައި ކުޅިވަރުގެ ހަރަކާތްތަކެއް ބާއްވައިފައެވެ.

އަންހެން ސިފައިންގެ ޚިދުމަތް ދިވެހި އަސްކަރިއްޔާގައި އުފެދިގެންދިޔައީ 65 އަންހެން ސިފައިންނާއެކު 1989 މާރިޗު 1 ވަނަ ދުވަހު ރައީސް މައުމޫން ސަރުކާރުގައެވެ. ސިފައިންގެ ޚިދުމަތަށް އަންހެނުން ނެރެފައިވަނީ 1988 ވަނަ އަހަރު ނޮވެމްބަރުމަހު 3 ވަނަ ދުވަހު ރާއްޖެއަށް ދިމާވި ޢުދުވާނީ ޙަމަލާއަށްފަހުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.