އެއްމިލިއަން ރުފިޔާގެ މުދަލާއެލު "މިހިރީ 5" އަޑިއަށް ހިނގައްޖެ

އެއް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުދަލާއެކު "މިހިރީ 5" ނަމަކަށް ކިޔާ ބޯޓު މިއަދު އަޑިއަށް ހިނގައްޖެއެވެ.

އެބޯޓު އަޑިއަށް ދިޔައީ އިންނަމާދޫ ފަޅުތެރެއަށެވެ. ޙާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 12:40 އެހައިކަންހާރު ކަމަށް ފުލުހުން ވިދާޅިވިއެވެ. ބޯޓު އަޑިއަށްދިޔައިރު އޭގައި ކާޑުގެ ބާއްވަތްތަކާއި، ގޭހައި، ސިމެންތިއާއި ހިލަވެލި ފަދަ ސާމާނު ހުރި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ބޯޓަކީ މާލެއާއި އިންނަމާދުއާ ދެމެދު ދަތުރުކުރާ ބޯޓެކެވެ. ބޯޓު އަޑިއަށްދިޔަ ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތުގައި އިންނަމާދޫގައި މަސައްކަތްކުރާ ފުލުހުންނާއި އުނގޫފާރުގައި މަސައްކަތް ކުރައްވާ ފުލުހުން ގެންދަނީ ޙަރަކާތެރިވަމުންނެވެ. އޭގެ އިތުރަށް އެރަށުގެ ރައްޔިތުންނާއި ކައިރި ރަށްރަށުގެ މީހުން ބައިވެރިވަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.