ރިޔާސީ ކޮމިޝަންގެ ބިލަކީ ޤާނޫނު އަސާސީއާ ޚިލާފު ބިލެއް: ޑރ. ޚަލީލް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައިފައިވާ ރިޔާސީ ކޮމިޝަންގެ ބިލަކީ ޤާނޫނު ޢަސާސީއާ ޚިލާފު ބިލެއް ކަމަށް ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ރިޔާސީ ކޮމިޝަންގެ ބިލަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު ޢަސާސީއާވެސް ޚިލާފު ބިލެއް،" ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަރާފައިވާ ޤައުމުތަކުގައި ރިޔާސީ ކޮމިޝަންތައް ހަދަނީ ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން ސުވާލުކޮށް މަޢުލޫމާތު ހޯދުމަށް ކަމަށެވެ. އެ މަޢުލޫމާތު ހޯދުމަށްފަހު ޙަވާކުރަނީ ތަޙުޤީގުކުރާ އިދާރާ ތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އެއީ ތަޙުޤީގު ކުރުމަށް ހަދާ ކޮމިޝަނެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރުމަށް އެޖެންޑާ ވެސް ކުރިއެވެ. އެހެންނަމަވެސް އަދި އެއަށް ވޯޓަށް އަހާފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ވައްކަންކުރުމާ މީހުން މެރުން ހުއްޓުވައި އެފަދަ ޖަރީމާ ތައް ހިންގާ ފަރާތްތައް ހޯދައި ޤާނޫނުކުރިމަށްޗަށް ގެނައުމަށްޓަކާ ޤާނޫނެއް ހެދުމަކީ ހަމަ ޤާނޫނާ ޚިލާފު ކަމެއްތޯ?

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.