މިނިވަން ދުވަހުގެ ހަރަކާތްތަކަށް ބައެއްމަގުތައް ބަންދުކުރަނީ!

flag

ދިވެހިރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ  ޚާއްޞަ ރަސްމިއްޔާތުތަކާއި މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތައް ކުރިއަށްދާ ވަގުތުގައި އެސަރަޙައްދުގެ ޓެރެފިކް ބެލެހެއްޓުމުގެ ގޮތުން ބައެއް މަގުތައް ބަންދުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުލައި 25 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ޖޫމްހޫރީ މައިދާން ހިމެނޭ ސަރަޙައްދު 25 ވަނަ ދުވަހުގެރޭ 20:00 ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރެވޭނެއެވެ. މީގެއިތުރުން މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުލައި 26 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވާ ބައްދަލުކުރެއްވުމަށް ކުރިއަށްދާ ސަރަޙައްދު އެރޭގެ 20:00 ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރެވޭނެއެވެ.

އެގޮތުން މި ރަސްމިއްޔާތުތަކަށް ބަންދުކުރެވޭނެ މަގުތަކަކީ:

  • ބޮޑުތަކުރުފާނުމަގު މުޙައްމަދު އިސްމާއިލް ދީދީ ގޯޅި ގުޅުނު ހިސާބުން އިރަށް ލޮޓަސް ގޯޅި އާއި ހަމައަށް
  • އަމީރުއަޙްމަދުމަގު ޖުމްހޫރީ ހިނގުން ގުޅުނު ހިސާބުން އިރަށް ލޮޓަސް ގޯޅިއާއި ހަމައަށް.
  • މެދުޒިޔާރަތްމަގު ޝަހީދު ކުޑައާދަމުގެ ކުޑަތުއްތު ހިނގުން ގުޅުނު ހިސާބުން ފެށިގެން ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުން ގުޅުނު ހިސާބަށް.
  • އިބްރާހިމް ޙަސަން ދީދީމަގު.
  • އޯކިޑްމަގު، ޗާނދަނީމަގު ގުޅުނު ހިސާބުން ފެށިގެން ހުސޭނީ ގޯޅިއާއި ހިސާބަށް.
  • ފަރީދީ މަގު، ޗާނދަނީމަގު ގުޅުނު ހިސާބުން ފެށިގެން ފާމްދޭރިމަގު ގުޅުނު ހިސާބަށް.
  • ޗާނދަނީމަގު ބޮޑުތަކުރުފާނުމަގުން ފެށިގެން ކެނެރީމަގާއި ހިސާބަށް.
  • މުޙައްމަދު ޢިސްމާޢިލް ދީދީ ގޯޅި އިބްރާހިމްހަސަންދީދީ މަގު ގުޅުނު ހިސާބުން ފެށިގެން ކަނޑިދޮންމަނިކު ހިނގުމާއި ގުޅޭހިސާބަށް.
  • ޝަހީދު ކުޑައާދަމުގެ ކުޑަތުއްތު ހިނގުން މެދުޒިޔާރަތް މަގު ގުޅުނު ހިސާބުން ފެށިގެން ދަރުމަވަންތަ މަގާއި ހިސާބަށް.
  • ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުން.
  • ޝަހީދު ޙުސައިން މުޙައްމަދު ހިނގުން މެދުޒިޔާރަތް މަގު ގުޅުނު ހިސާބުން ފެށިގެން ދަރުމަވަންތަ މަގާއި ހިސާބަށް.
  • ޝަހީދު އާދަމް ނަޞީރު ހިންގުން.
  • ޖުމްހޫރީ ހިނގުން.

bahdhaluvun މި ރަސްމިއްޔާތުތައް ކުރިއަށްދާ ވަގުތު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ބަންދުކުރެވޭނެ މަގުތަކީ:

  • ބޮޑުތަކުރުފާނުމަގު މުޙައްމަދުޢިސްލާޢިލްދީދީ ގޯޅި ގުޅުނު ހިސާބުން ފެށިގެން މޫސާއިބްރާހިމް ދީދީ ގޯޅިއާއި ހިސާބަށް.
  • ކަނޑިދޮންމަނިކު ހިނގުން މުޙައްމަދުޢިސްލާޢިލްދީދީ ގޯޅި ގުޅުނު ހިސާބުން ފެށިގެން މޫސާއިބްރާހިމް ދީދީ ގޯޅިއާއި ހިސާބަށް.
  • މުޙައްމަދުޢިސްލާޢިލްދީދީ ގޯޅި ބޮޑުތަކުރުފާނު މަގާއި ގުޅުނު ހިސާބުން ފެށިގެން ކަނޑިދޮންމަނިކު ހިނގުމާއި ހިސާބަށް.
  • ޗާނދަނީމަގު ކެނެރީމަގު ގުޅުނު ހިސާބުން ފެށިގެން ލިލީމަގު ގުޅުނު ހިސާބަށް.
  • ސައްޔިދުކިލޭގެ ފާނުމަގާ ކެނެރޭމަގު ގުޅޭ ހިސާބުން އިރަށް ޗާންދަނީމަގާ ހަމައަށް.

ދެފުރޮޅުލީ އުޅަނދުތަކަށް ޕާކްކުރުމަށް ޚާއްސަ ސަރަޙައްދު:

  • ޗާނދަނީމަގު ކެނެރީމަގު ގުޅުނު ހިސާބުން ފެށިގެން ލިލީމަގު ގުޅުނު ހިސާބަށް.
  • ޝަހީދު އާދަމް ނަޞީރު ހިންގުން.
  • ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުން.

ޢިއްޒަތްތެރިންގެ ކާރުކޮޅު ޕާރކްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު:

  • ބޮޑުތަކުރުފާނުމަގު ޝަހީދުމުޙައްމަދު ޙުސައިން ހިންގުން ގުޅުނު ހިސާބުން ފެށިގެން ލޮޓަސްގޯޅި އާއި ހިސާބަށް.

ހަމައެއާއެކު މި ރަސްމިއްޔާތު ކުރިއަށްދާ ވަގުތުތަކުގައި ފާމްދެރިމަގު އޯކިޑްމަގާ ގުޅުނު ހިސާބުން ގޮސް ފަރީދީމަގާ ގުޅޭ ހިސާބަށް އުތުރުން ދުއްވާ ގޮތަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނެވޭނެއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ގަލޮޅު ދަނޑުގައި ބާއްވާ ރަސްމިއްޔާތަށް ބަންދުކުރުމަށް ހަމަޖެހިފައިވާ މަގުތައް:

  • މަޖީދީމީމަގު އަލިކިލެގެފާނުމަގާއި ގުޅުނުހިސާބުން ފެށިގެން އިރަށް ނިރޮޅުމަގާއި ހަމައަށް.
  • ހުސްނުހީނާ މަގު ކަޅުހުރާމަގާއި ގުޅުނު ހިސާބުން ފެށިގެން ދެކުނަށް މަޖީދީމަގާއި ހަމައަށް.
  • ހަނދުވަރުދޭ ގޯޅި.
  • ހަނދުވަރުދޭ ހިނގުން.
  • ހަދީބީމަގު ކަޅުހުރާމަގާއި ގުޅުނު ހިސާބުން ފެށިގެން ދެކުނަށް މަޖީދީމަގާއި ހަމައަށް.
  • ކަރަންކާމަގު ކަޅުހުރާމަގާއި ގުޅުނު ހިސާބުން ފެށިގެން ދެކުނަށް މަޖީދީމަގާއި ހަމައަށް.
  • ސަމަންދު ގޯޅި.
  • ޝަބްނަމްމަގު.
  • ނިރޮޅުމަގު.
  • ބަނަފްސާމަގު.

dhandu ގަލޮޅު ދަނޑުގައި ބާއްވާ ރަސްމިއްޔާތަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ބަންދުކުރެވޭ މަގުތައް:

  • މަޖީދީމަގު ސޯސަންމަގާއި ގުޅުނު ހިސާބުން ފެށިގެން ނިރޮޅުމަގާއި ހަމައަށް.
  • އަބަދައްފެހިމަގު ސަމަންދު ގޯޅިއާއި ގުޅުނު ހިސާބުންފެށިގެން މަޖީދީމަގާއި ހަމައަށް.
  • މުތީ ގޯޅި.
  • ބޮޑްރަސްގެފާމަގު ސޯސަންމަގާއި ގުޅުނު ހިސާބުން ފެށިގެން ރުއްކެނޑިޔާމަގާއި ހަމައަށް.
  • ކޮއިމަލާހިނގުން ލޮނުޒިޔާރަތްމަގާއި ގުޅުނު ހިސާބުން ފެށިގެން ބޮޑްރަސްގެފާނުމަގާއި ހަމައަށް.
  • ކަށިމާހިނގުން ދޫހިމެރިމަގާއި ގުޅުނު ހިސާބުން ފެށިގެން ބޮޑްރަސްގެފާނުމަގާއި ހަމައަށް.

ދެފުރޮޅުލީ އުޅަނދުތަކަށް ޕާކްކުރުމަށް ޚާއްސަ ސަރަޙައްދު:

  • ބޮޑްރަސްގެފާމަގު ސޯސަންމަގާއި ގުޅުނު ހިސާބުން ފެށިގެން ރުއްކެނޑިޔާމަގާއި ހަމައަށް.

މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ފުޅަނދުބުރު ދަތުރަން ހަމަޖެހިފައިވާ ގޮތާއި ފުޅަނދުބުރު ކުރިއަށްދާއިރު އާންމު ޓްރެފިކަށް ބަންދުކުރެވޭނެ މަގުތައް: Fulhandu

  • މަޖީދިމަގު ސޯޝަލް ސެންޓަރ ކުރިމަތިން ފެށިގެން މަޖީދީމަގުން އިރަށްގޮސް މަޖީދީމަގާ ސޯސަންމަގު ގުޅޭ ހިސާބަށް.
  • ސޯސަންމަގާ މަޖީދީމަގު ގުޅޭ ކަންމަތިން ސޯސަންމަގުން އުތުރަށްގޮސް ސޯސަންމަގާ މެދުޒިޔާރަތްމަގު ގުޅޭ ހިސާބަށް.
  • މެދުޒިޔާރަތްމަގާ ސޯސަންމަގު ގުޅޭ ހިސާބުން މެދުޒިޔާރަތްމަގުން ހުޅަނގަށް ގޮސް މެދުޒިޔާރަތްމަގާ ޝަހީދު އާދަމްޒުހައިރު ހިގުމާ ގުޅޭ ހިސާބަށް.
  • ޝަހީދު އާދަމްޒުހައިރު ހިނގުމާ މެދުޒިޔާރަތްމަގު ގުޅޭ ހިސާބުން ޝަހީދު އާދަމްޒުހައިރު ހިނގުމުން އުތުރަށް ގޮސް ޝަހީދު އާދަމްޒުހައިރުހިގުމާ އަމީރުއަޙްމަދު މަގު ގުޅޭ ކަންމައްޗަށް.
  • ޝަހީދު އާދަމްޒުހައިރުހިގުމާ އަމީރުއަޙްމަދު މަގު ގުޅޭ ކަންމަތިން އަމީރު އަޙްމަދު މަގުން އިރަށްގޮސް އަމީރުއަޙްމަދުމަގާ ސޯސަންމަގު ގުޅޭ ހިސާބަށް
  • އަމީރުއަޙްމަދުމަގާ ސޯސަންމަގު ގުޅޭ ހިސާބުން ސޯސަންމަގުން ދެކުނަށް ގޮސް ސޯސަންމަގާ މަޖީދީމަގު ގުޅޭ ހިސާބަށް
  • ސޯސަންމަގާ މަޖީދީމަގު ގުޅޭ ހިސާބުން މަޖީދީމަގުން އިރަށްގޮސް މަޖީދީމަގާ ބޮޑުތަކުރުފާނު ގުޅޭ ހިސާބަށް
  • މަޖީދީމަގާ ބޮޑުތަކުރުފާނު ގުޅޭ ހިސާބުން ބޮޑުތަކުރުފާނުމަގުން ދެކުނަށްގޮސް ހިތިގަސްމަގާ ބޮޑުތަކުރުފާނުމަގު ގުޅޭ ހިސާބަށް
  • ހިތިގަސްމަގާ ބޮޑުތަކުރުފާނުމަގު ގުޅޭ ހިސާބުން ހިތިގަސްމަގުން ހުޅަނގަށްގޮސް މޫންލައިޓްހިގުމާ ހިތިގަސްމަގު ގުޅޭ ހިސާބަށް
  • މޫންލައިޓްހިގުމާ ހިތިގަސްމަގު ގުޅޭ ހިސާބުން މޫންލައިޓް ހިގުމުން ދެކުނަށްގޮސް މޫންލައިޓްހިގުމާ އަމީނީމަގު ގުޅޭ ހިސާބަށް
  • މޫންލައިޓްހިގުމާ އަމީނީމަގު ގުޅޭ ހިސާބުން އަމީނީމަގުން ހުޅަނގަށް ގޮސް ރަތްވިލާހިނގުމާ އަމީނީމަގު ގުޅޭހިސާބަށް
  • ރަތްވިލާހިނގުމާ އަމީނީމަގު ގުޅޭހިސާބުން ރަތްވިލާހިގުމުން ދެކުނަށް ގޮސް ބޮޑުތަކުރުފާނުމަގާ ރަތްވިލާހިގުން ގުޅޭހިސާބަށް
  • ބޮޑުތަކުރުފާނުމަގާ ރަތްވިލާހިގުން ގުޅޭހިސާބުން ބޮޑުތަކުރުފާނުމަގުން ބޮޑުތަކުރުފާނުމަގުން ހުޅަނގަށް ގޮސް ބޮޑުތަކުރުފާނުމަގު މ.ސްޓޭޑިއަމް އާއި ހަމައަށް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.