ގެއެއްގެ ފުރަތަމަބުރިން ވެއްޓުނު ވީލްޗެއާއަކުން ޖެހި ކުއްޖަކަށް އަނިޔާވެއްޖެ

މާފަންނު ޝޭޑީ ރެސްޓުގޭގެ ފުރަތަމަ ބުރިން ވެއްޓުނު ވީލްޗެއަރއަކުން ޖެހި ކުޑަކުއްޖަކަށް އަނިޔަވެއްވެއެވެ.

ފުލުހުން ވިދާޅުވީ އެ ޙާދިސާގައި އަނިޔާވެފައިވަނީ ޢުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށެވެ. ވީލްޗެއާ ވެއްޓި އެކުއްޖާގެ ބޮލުގައި ޖެހިފައިވަނީ އޭގެ ފުރޮޅު ކަމަށާއި އެކުއްޖާ ބޯވަނީ ވަރަށް ބޮޑަށް ދުޅަވެފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ގޭގެ މަތިން މިފަދަ އެއްޗެހި ވެއްޓި މަގުހިނގާ މީހުންނަށް އަނިޔާވުމަކީ މިހާރު އާންމު ކަމަކަށްވަނީ ވެފައެވެ. ވަރަށްފަހުން ވަނީ ހުޅުމާލޭގައި ހަދަމުންދާ ޢިމާރަތަކުން ވެއްޓުނު ގަލަކުން ޖެހި ބަނގްލަދޭޝް މީހަކު މަރުވެފައެވެ. އަދި ގެއެއްގެ މަތިން ކަޓިން ބޯޑެއް ވެއްޓި މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ އިތުރަށް ގެއަކުން ބާލަމުންދިޔަ ކުނިކޮތަޅެއް ވިއްޓި މިހަކަށް ވަނީ އަނިޔާވެފައެވެ.

ބެލްކަނި ފަދަ ތަންތާގައި އެއްޗެހި ބަހައްޓާއިރު ނުވެއްޓޭނެ ގޮތަށް ބެހެއްޓުމުން ފުލުހުންވަނީ ވިދާޅުވެފައެވެ. އޭގެ އިތުރަށް ގޭގެމަތިން ތިރިއަށް އެއްޗެހި ތިރިކުރާއިރު އެހެން މީހުންގެ ރައްކާތެރި ކަމާއި ސަލާމަތަށް އިސްކަން ދިނުމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.