ގެއެއްގެ ފަސްވަނަބުރީގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ގަލޮޅު އީލަމްގޭގެ ފަސްވަނަ ބުރީގައި އަލިފާނުގެ ޙާދިސާއެއް ހިނގައި ގެއްލުން ވެއްޖެއެވެ.

މިޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުމުން ފަޔަރުން ވަނީ އެގެއަށް ގޮސް އަލިފާން ނިއްވާލައިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޭގައި ރޯވެގެން ސިފައިން ދިޔައިރު ރޯވެފައިވާ އެޕާޓުމަންޓު ވަނީ ތަޅުލެވިފައެވެ. އެހެން ކަމުން ފަޔަރ އެންޑް ރެސްކިޔު ޓީމުން އެގެޔަށް ވަދެފައިވަނީ ދޮރު ވައްޓާލައިގެން ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މިއަދު ހަވީރު 5:00 އެހައިކަންހާއިރު ހިނގި މިޙާދިސާގައި އެ ގޭގައި ބޭނުންކުރާ ފަރުނީޗަރަށާއި އެހެނިހެން ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިޙާދިސާ ހިނގަން މެދުވެރިވީ ކޮޓަރީގައި ހުރި އެއަރކޮންޑިޝަންގެ އިންޑޯ ޔުނިޓްގައި އަލިފާން ރޯވެ ވެއްޓުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.