އިންތިޚާބު ލަސްކުރަންޖެހޭ އެއްވެސް ސަބަބެއްނެތް

މިއަހަރު އެޕްރީލްމަހު 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ލަސް ކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައި އެކަމަށް މަސައްކަތް ކުރަން ފެށުމުން އިންތިޚާބު ލަސްކޮށްގެން ނުވާނެ ކަމަށާއި އެކަމަށް އެއްވެސް ސަބަބެއް ނެތް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފު މިއަދު ވިދާޅުވީ އިންތިޚާބު ލަސްކުރަންޖެހޭ ސަބަބެއްނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީއާއި އަދި އެހެން ޕާޓީތަކުން ވެސް ކެމްޕެއިން ފޯރި ގަދަކޮށް އެކަމަށް ތައްޔާރުވަމުންދާއިރު އިންތިޚާބު ފަސް ކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން މަސައްކަތް ފެށުމަކީ އެންމެ އެދެވޭ ގޮތެއް ނޫންކަމަށެވެ. އެންމެ އެދެވޭ ގޮތަކީ އިންތިޚާބާ ކުރިމަތިލައި ކާމިޔާބު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިންތިޚާބު ފަސް ކުރުމަށް ގޮވާލައި އެކަމަށް މަސައްކަތް ކުރަނީ އިންތިޚާބު ކާމިޔާބު ކުރުމުގެ ވިސްނުމެއްނެޔް މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން އިންތިޚާބު ފަސް ކުރުމަށް އެދިފައިވަނީ ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލައިފައިވަނީ ޤާނޫނީ އިމުން ބޭރުން ކަމަށް ބުނެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ އިންތިޚާބު ފަސް ކުރަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.