ހިލަރީ ކްލިންޓަންގެ ރަނިންމޭޓަކަށް ޓިމް ކެއިން އައްޔަން ކުރައްވައިފި

CoAiAV_WYAAzB3R

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑެތެއްގެގޮތުގައި ވާދަކުރައްވާ ހިލަރީ ކްލިންޓަންގެ ރަނިންމޭޓަކަށް ޓިމް ކެއިން އައްޔަން ކުރައްވައިފި އެވެ.

ކެއިން އަކީ ވާޖީނިއާ ސްޓޭޓުގެ ސެނެޓަރުގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ. އޭނާ ހިލަރީގެ ރަނިންމޭޓަކަށް އައްޔަން ކުރެއްވިކަން ހާމަކޮށް ހިލަރީ ވަނީ ޓުވިޓްކުރައްވާފައެވެ. އެހެންނަމަވެސް ރަސްމީކޮށް ހިލަރީގެ ރަނިންމޭޓު ރަސްމީކޮށްއިއުލާން ކުރުން މިއަދުގެ ކެމްޕެއިން ރެލީއެއްގައި އޮންނާނެކަމަށް މަޢުލޫމާތުލިބެއެވެ.

ކެއިންއަކީ 2008 ވަނަ އަހަރު ބަރަކް އޮބާމާގެ ރަނިންމޭޓަކަށް ހޮވަން ޑިމޮކްރަޓިކް ޕާޓީން ޝޯޓްލިސްޓުކުރި ފައިނަލިސްޓުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.