ވިޝްކާގެ "އާދޭ މިއަދު ދާން"

13659088_320987718232710_7026598876575470453_n

ދުވަސްތަކަކަށްފަހު ޔާރާ ޕްރޮޑަކްޝަނުން ހަދާ ފިލްމް "ވިޝްކާ" ގެ ލަވަތަކުގެ ތެރެއިން "އާދޭ މިއަދު ދާން" މިއީ ހިތްގައިމު ލަވައެކެވެ.

މިލަވައިގެ ވާހަކަ ވިޝްކާގެ ޓީމުން ވަނީ ކުރިންވެސް ދައްކާފައެވެ. ޔޫޓިއުބުގައި ލަވަ ޢާއްމުކޮށްފައިވާއިރު، މިއީ ހިތްގައިމު ރީތިލަވައެއްކަން ފާހަގަކުރެވެއެވެ.

އިބްރާހީމް ނިފާރު (ތިއްތި) ގެ މިއުޒިކަށް، މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) މެލޮޑީ އާއި ލިރިކްސް ހަދާފައިވާ މި ލަވަ ކިޔާފައި ވަނީ "ވިޝްކާ" ގެ ޑައިރެކްޓަރު އަދި އެކްޓަރު ރަވީ އާއި މަރިޔަމް ރިފްގާ އެވެ.

ލަވައިގެ ވިޑިއޯއިން ފެނިގެން ދަނީ "ވިޝްކާ" ދެތަރިން ކަމަށްވާ ރިޝްމީ އާއި ރަވީ އެވެ.

"ވިޝްކާ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ. މިއީ ލޯތްބާއި، އަނިޔާވެރިކަމާއި، ހަރުކަށިކަން ފެނިގެންދާނެ ހިތްގައިމު ރީތި ފިލްމަކަށް ވެގެންދާނެކަމަށް "ވިޝްކާ" ގެ ޓީމުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.