ޑިފެންސްގެ ނާއިބަކަށް ޙަސަން ސަމީކް އައްޔަން ކުރައްވައިފި

މިނިސްޓަރ އޮފް ޑިފެންސްގެ ނާއިބަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެމަޤާމަށް އައްޔަން ކުރެއްވީ މއ. މާވެޔޮ ވިލާ، އަލްއުސްތާޛު ޙަސަން ޒަމީލެވެ. އޭނާއަކީ މާސްޓަރ އޮފް ލޯ ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.

މީގެ ކުރިން އޭނާވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އަރޓްސް އެންޑް ކަލްޗަރގެ ޑެޕިއުޓީ ޑިރެކްޓަރ ކަން ކަމުގެ ވަޒީފާ އާދަކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.