ބްރިޖުހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

މިއަދު ހަވީރު ސިނަމާލޭ ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މިއަދު ހަވީރު 4:30 އެހައިކަންހާއިރު މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެދިޔަ ކާރެއް ހުޅުލޭ ހައިވޭ ޓްރެފިކް ލައިޓުކައިރިން 2 ސައިކަލުގައި ޖެހިގެންނެވެ. ކާރުޖެހިފައިވަނީ ސައިކަލްޔަކުގެ ފަހަތުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއެކްސިޑެންޓުގައި ދެމީހަކަށް އަނިޔާވިއެވެ. "ދެ މީހުންގެ ތެރެއިން އެކަކުވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި. އަނެއް މީހާއަށް ބޮޑު އަނިޔާއެއް ނުވޭ،" ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.