ރައީސް ޔާމީން ބަންދުކުރީ އިންތިޚާބަށް ނުފޫޒު ފޯރުވަން: މުންދު

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަންދުކޮށް ޖަލަށް ލެއްވީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށް މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުންދު ވިދާޅުވީ ރައީސް ޔާމީން ޖަލަށްލެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަން ސަރުކާރުގެ މައިޕާޓީ އެމްޑީޕީއަށް ލިބޭނީ މަދުގޮނޑިތަކެއްކަން ވިސްނުމުން ކަމށެވެ.

"އެނޫން އެހެން މަޤުޞަދެއް އެއަކުނެތް. މަޖިލީހުގައި އެމްޑީއަށް ނިސްބަތުން ލިބޭނީ މަދު ގޮނޑިތަކެއްކަން ވިސްނުމުގެ ނަތީޖާމިއީ،" މުންދު ވިދާޅުވިއެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާއެއް މާލޭގައި މުރޭ އޮންނާނެއެވެ.

ރައީސް ޔާމީން ބަންދުކޮށް މާފުށީ ޖަލަށް ގެންގޮސްފައިވަނީ އެޕްމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން ބައެއް އެމަނިކުފާނު އިސްލާމިކް ބޭންކުގައި ހުޅުވައިފައިވާ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައިގައެވެ. އެމައްސަލަ ތަޙުޤީގު ކުރެއްވުމަށްފަހު މިހާރު ވަނީ ޝަރީޢަތަށް ފޮނުވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.