މަސްދޯނި އެކައުންޓް އިފްތިތާޙު ކޮށްދެއްވުމަށް ރައީސް ވިލިގިއްޔަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށާއި، ކޫއްޑޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ "މަސްދޯނި އެކައުންޓް" އިފްތިތާޙްކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެ އިތުރުން އެމަނިކުފާނު ގއ. އަތޮޅު ކައުންސިލާއި، ވިލިގިލީ ކައުންސިލާ ބައްދަލުކުރައްވާނެއެވެ. އަދި ވިލިގިލީ މުވައްސަސާތަކުގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވާނެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.