ހަނގުރާމައަށް ދިޔަ ބައެއް މީހުން އެނބުރި ރާއްޖެއަށް އަންނަން ބޭނުން: އެންސީޓީސީ

ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ބައެއްމީހުން ހަނގުރާމައިގައި މަރުވުމުން އެމީހުންގެ އަނބިދަރިން އަލުން ރާއްޖެ އަންނަން ބޭނުންވާ ކަމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި އެސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އެމީހުން ރާއްޖެ ގަންނަން ވަރަށްބޮޑެތި ދަތިކަން އެބަހުރި ކަމަށެވެ. އެގޮތުން އެ މީހުން ދިޔަފަހުން އެކޮޅުގައި ލިބިފައިވާ ކުދިންނަކީ ދިވެހި ރައްޔިތުންކަން އެނގޭނެ ފަދަ އެއްވެސް ލިޔެކިޔުމެއް ނޯންނާނެ ކަމަށެވެ. އެމީހުން ގެނައުމުގައި ދަތިކަމެއް ހުއްޓަސް އެމީހުން ގެނެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފޮރިން މިނިސްޓްރީއާއި އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން އެމަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޯސްޓުގާޑު ބިލްޑިންގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ހަނގުރާމައިގައި ފިރިމީހާ މަރުވުމުން އެމީހުންގެ އަނބިދަރިން އުޅެންޖެހިފައިވަނީ ވަރަށް ޙާލުގައި ކަމަށެވެ. ރާއްޖެއަށް އައުމަށް އެމީހުން ގުޅަމުންދަނީ އިތުރުގޮތެއް ނެތިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.