ފަންސާސް ކާރާއި، 180 ސައިކަލް ނައްތާލަނީ

ނައްތާލުމަށްޓަކައި ތިލަފުށްޓަށް ގެންދާ ބައެއް އުޅަނދު: ފޮޓޯ ޕޮލިސް

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި 58 ކާރާއި 180 ސައިކަލް ނައްތާލަން ފުލުހުން ނިންމައިފިއެވެ.

އެ އުޅަނދުފަހަރަކީ ޤަވާޢިދާ ޚިލާފަށް މަގުމަތީގައި ޕާކުކޮށްފައިވަނިކޮށް ފުލުހުން ޓޯކޮށްފައިވާ އުޅަނދު ފަހަރެވެ.

ފުލުހުން ވިދާޅުވީ އެ އުޅަނދުފަހަރު ނައްތާލަނީ ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުޙަލާއެއް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ. އެގޮތުން ވެރިފަރާތަށް ދޭންޖެހޭ މުއްދަތުވެސް ދީފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހާރު ގެންދަނީ އެ އުޅަނަދުފަހަރު ތިލަފުށްޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ. ތިލަފުށްޓަށް ގެންދާ އުޅަނދުފަހަރުގެ ތެރޭގައި ޓޯޔާޑުގައި ނައްތާލައިފައިވާ އުޅަނދުފަހަރާއި، ތިލަފުށްޓަށް ގެންގޮސްގެން ނައްތާލަންޖެހޭ އުޅަނދުފަހަރު ވެސް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.