އެފްއައިޔޫގެ ވެރިއަކަށް އިބްރާހީމް އަޙުމަދު ނާސިރު ހަމަޖައްސަވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭޝަލް އިންޓަލިޖެންސް ޔުނިޓް (އެފްއައިޔޫ) ވެރިއަކަށް އިބްރާހީމް އަޙުމަދު ނާޞިރު ހަމަޖައްސަވައިފިއެވެ.

އޭނާއަކީ ކުރީން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެއް ކަމަށް އެމްއެމްއޭ އިން ވިދާޅުވިއެވެ. އޭގެ އިތުރަށް އޭނާއަކީ ދެ ތަނުގެ ސީއީއޯކަން ވެސް ތިން އަހަރު ވަންދެން ކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރަށް އޭނާއަކީ އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ޔުނިޓްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އަދި އެޗްއެސްބީސީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރުކަންވެސް ކުރެއްވިއެވެ. އޭގެ އިތުރަށް ފުލުހުންގެ ތެރޭގައި ހުންނަވައިގެން 11 ވަނީ ޚިދުމަތް ކޮށްދެއްވައިފައެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު، ޤާނޫނު ނަމްބަރު 2014/10 ގެ 27 ވަނަ މާއްދާގެ (ށ) ދަށުން ދަށުން އެމްއެމްއޭގައި އުފައްދާފައިވާ ޔުނިޓެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.