ޑރ.ޒާކިރު ނައިކުގެ ޖިހާދު

images

ޑރ. ޒާކިރު ނައިކް އަކީ ޒާކިރު އަބްދުލް ކަރީމް ނައިކް އެވެ. އުފަންވެވަޑައިގަތީ މީލާދީން 1965 އަހަރުގެ 18 އޮކްޓޫބަރގައި އިންޑިޔާގެ މުންބާއީއަށެވެ. ޒާކިރު ނައިކް މަސްހޫރުވެފަވަޑައިގެންފައިވަނީ އިސްލާމް ދީނާއި ގުޅޭ ގޮތުން އާންމު ތަންތާގައި ތަގްރީރުކުރާ ބޭފުޅެއްގެ ގޮތުގައްޔާއި އިސްލާމް ދީނާއި އެހެންދީންތަކާއި އަޅާކިއުއްވައި ފޮތް ލިއުއްވާ މީހެއްގެ ގޮތުގައެވެ.

ޒާކިރު ނައިކަކީ ޔުނިވާސިޓީ އޮފް ބޮންބޭގެ ބެޗްލަރ އޮފް މެޑިސިން އެންޑް ސާޖަރީގެ ރޮގުން އެމްބީބީއެސް ފާސް ނަންގަވައިގެން ހުރި މެޑިކަލް ޑޮކްޓަރެކެވެ.

އިންޑިޔާގައި އިސްލާމިކް ރިސާޗް ފައުންޑޭޝަންގެ ނަމުގައި ޖަމުއްޔާއެއް އުފެއްދަވައި ހިންގަވަނީ އޭނާއެވެ. އޭނާއަކީ އެޖަމްޢިއްޔާގެ ފައުންޑަރެވެ. އެފައުންޑޭޝަންގެ ރައީސް އަކީވެސް ޒާކިރު ނައިކްއެވެ. އަދި އިންޑިޔާގެ ބޮންބޭއިން ހިލޭ ޓެލެކާސްޓުކުރާ ޓީވީ ޗެނަލެއްކަމުގައިވާ ޕީސް ޓީވީ އުފައްދާ ހިންގާ ހަދާ އަދި ޕީސްޓީވީގެ ވެރިއަކީ ވެސް ޒާކުރު ނައިކްއެވެ.

ޒާކިރް ނައިކް އުފަންވެވަޑައިގަތީ އިންޑިއާގެ މުންބާއީއަށެވެ. އޭނާ އައި ސީ އެސް ސީ އާއި ހަމައަށް ކިޔެވީ ބޮންބޭގައި ހުންނަ ސެންޓް ޕީޓާސް ހައިސުކޫލުގައެވެ. އޭގެ ފަހުން ކުރިސްޗަންދު ޗެއްލާރާމް ކޮލެޖްގައި ތައުލީމު ހާސިލްކުރެއްވިއެވެ. އޭގެ ފަހުން ޓިޕިވާލާ ނެޝަނަލް މެޑިލކަލް ކޮލެޖްގައި މެޑިކަލް ކިޔަވާ ނައިރި ހޮސްޕިޓަލް ގައި ޕްރެކްޓިލް ބައި ހެއްދެވުމަށް ފަހު ބޮންބޭ ޔުނިވާސިޓީން އެމްބީބީއެސް ފާސް ނެންގެވިއެވެ. 1991 ވަނަ އަހަރުން ފެށިގެން ޑރ.ޒާކިރްނައިކް އިސްލާމީ ދައުވާގެ ކެމްޕޭނު ފެއްޓެވިއެވެ.

ޒާކިރު ނައިކް ވިދާޅުވާގޮތުގައި އިސްލާމީ ދައުވާ ފެށުނީ މަރުހޫމް އަހުމަދު ދީދާތުގެ ސަބަބުންނެވެ. ދިދާތަކީ އިސްލާމް ދީން ފެތުރުމާއި ދީނަށް ގޮވާލުމުގައި 40 އަހަރު ހޭދަކުރައްވާފައިވާ އިސްލާމުންގެ މަތީގަދަރެއް ލިބިފައިވާ ބޭފުޅެކެވެ.

ޒާކިރު ނައިން ވިދާޅުވާ ގޮތުގައި އޭނާގެ ދައުވާގެ މައިގަޑު މަޤްސަދަކީ އިސްލާމްދީނުގެ ޒުވާނުންނަށް ދީންކީ ކޮބައިކަން އަންގާދިނުމާއި އިސްލާމްދީނަކީ ބޯދާ އައުޓް ޑޭޓެޑް ދީނެއްކަން ދެކޭދެކުން ބަދަލުކޮށްލުމެވެ. އޭނާ ދެކިވަޑައިގަންނަވާގޮތުގައި ކޮންމެ މުސްލަމަކަށް ވެސް އިސްލަމްދީނާއި ގުޅޭގޮތުން ދައްކާ ބާތިލު ދޮގުވާހަކަތަކަށް ޖަވާބުދީ ދީނަކީ ކޮބައިކަން ބުނެދިނުމަކީ ވާޖިބެކެވެ.

އަދި 2001 ވަނަ އަހަރު ސެޕްޓމްބަރ 11 ގައި އެމެރިކާއަށް ދިން ޓެރެރިސްޓް ހަމަލާއަށް ފަހު ހުޅަގުގެ މީޑިޔާ ތަކުން އިސްލާމް ދީނާއި ދެކޮޅަށް ޖައްސާ ފައިވާ މީޑިޔާ ކެމްޕޭނަށް އިސްލާމުން ތެދުވަން ވެއްޖެއެވެ. ޒާކިރު ނައިކް މަޝަހޫރުވުމުގައި ގުރުއާނާއި ހަދީސް ހިތުދަސްކޮށްފައި ހުންނަ ވަރާއި އެހެންދީން ތަކުގެ ފޮތްތަކުގެ ބައިތައް ހިތުދަސްކޮށްފައި ހުންނަ ހުރުން ފާހަގަކޮށްލެވެއެވެ.

ޑރ.ޒާކިރް ނައިކް ވަނީ އޭނާގެ މެޑިކަލް ކެރިއާރ ޤުރްބާންކުރެއްވުމަށްފަހު އިސްލާމްދީނަށް ގޮވާލެއްވުމުގައި ހުރިހާ ވަގުތެއް ޚާއްސަކުރައްވާފައެވެ.

އިސްލާމްދީނުގެ ދަޢުވަތު މީސްތަކުންނަށް ދެއްވައި، މި މާތްދީނާ ދެކޮޅަށް ޣައިރު މުސްލިމުންނާއި، މުސްލިމުންގެ ތެރޭގައި އުޅޭ ދީނާދުރުމީހުން ދައްކާ ބާޠިލް ވާހަކަތަކަށް ޖަދަލުކުރައްވައި، އިންޑިޔާގައި އިސްލާމިކް ރިސާޗް ފައުންޑޭޝަންގެ ނަމުގައި ޖަމުއްޔާއެއް އުފެއްދައި ހިންގަނީ އޭނާއެވެ. އޭނާއަކީ އެޖަމްޢިއްޔާގެ ފައުންޑަރެވެ. އެފައުންޑޭޝަންގެ ރައީސް އަކީވެސް ޒާކިރު ނައިކްއެވެ. އަދި އިންޑިޔާގެ ބޮންބޭއިން ހިލޭ ޓެލެކާސްޓުކުރާ ޓީވީ ޗެނަލެއްކަމުގައިވާ ޕީސް ޓީވީ އުފައްދާ ހިންގާ ހަދާ އަދި ޕީސްޓީވީގެ ވެރިއަކީ ވެސް ޒާކުރު ނައިކްއެވެ.

ކޭބަލް ޓީވީ މެދުވެރިކޮށް ޕީސްޓީވީ ޢާއްމުންނަސް ފެންނާނެގޮތް ހެދުމަށް ޑރ.ޒާކިރްނައިކް ކުރެއްވި މަސައްކަތަށް ގިނަގުނަ ހުރަސްތައް ކުރިމަތިވިއެވެ. އެކަމަށްޓަކައި ޑރ.ޒާކިރްނައިކް އޭނާގެ އަމިއްލަ ޖީބުން ގިނަހޭދަތަކެއް ކުރެއްވިއެވެ. ދުނިޔޭގެ މާއްދީ އެއްވެސް މަންފާއެއް ހޯދުމަކަށް ނޫނެވެ. ހަމައެކަނި ޝަހަދަތުގެ ދެކަލިމަ މީސްތަކުންނަށް އިއްވުމަށެވެ. އިސްލާމީ ދަޢުވަތު ފެތުރުއްވަމަށެވެ.

ޣައިރު މުސްލިމުންނާއި، ލާދީނީ ފަރާތްތަކުން ޕީސްޓީވީއަށް ކުރިމަތިކުރުވި ދަތިތަކުގެ ސަބަބުން ޑރ.ޒާކިރް ނައިކަށް ލިބިވަޑައިގަތީ އިތުރު ހިތްވަރެވެ. ލައިވްސްޓްރީމްކޮށް އިންޓަނެޓް މެދުވެރިކޮށް މުޅި ދުނިޔޭގެ އެތަންމިތަނަށް އޭނާގެ އަގުހުރި ދަރުސްތައް ވަގުތުން ފެންނާނެގޮތް ހެއްދެވިއެވެ.

މިއަދުގެ މުސްލިމު ދުނިޔޭގައި ޑރ.ޒާކިރް ނައިކަކީ މަޤުބޫލު ޝަޚުސިއްޔަތެކެވެ. މުސްލިމުންގެ ލޯތްބާއި ހެޔޮދުޢާތައް ވަނީ އޭނާއާއެކުގައެވެ. ޣައިރު މުސްލިމުންގެ މެދުގައިވެސް އޭނާއަކީ މަޝްހޫރު ފަހުލަވާނެކެވެ.

ކޮންމެ ދުވަހަކު އެތައްބަޔަކު ޑރ.ޒާކިރް ނައިކްގެ އަތްމައްޗަށް އިސްލާމްވެ މިދީނުގެ މާތް އަޤީދާ ޤަބޫލުރެއެވެ. ހިނިތުންވެފައިވާ މޫނަކާއެކު ހިތްހެޔޮކަމާއެކު، މީސްތަކުންނަށް ޝަހާދަތުގެ ދެކަލިމައާއި އޭގެ މާނަ ލިޔައިދެއްވައި، ހައްޤުގެމަގަށް މީސްތަކުންނަށް މަގުދައްކަވައެވެ.

ޑރ.ޒާކިރް ނައިކުގެ މިޖިހާދު އޭނާ ކުރައްވަނީ، ކަނޑިބަޑި ލޮންސިއަކުންނޫނެވެ. ބަރުހަތިޔާރައި، ގަަދަބަދަވިކަމުންނެއްވެސް ނޫނެވެ. ރީތި ވަޢުޟާއި ނަސޭޙަތުންނެވެ. އަޤުލީ ދަލީލުތަކުންނެވެ. އޭނާގެ މާތް ދަޢުވަތު މީސްތަކުން ޤަބޫލުކުރަނީ ހިތުގެ އެންމެ ފުންމިނުންނެވެ.

ޑރ.ޒާކިރް ނައިކުގެ މިމަސައްކަތް ވެގެންދިޔައީ އިސްލާމްދީނުގެ ޢަދުއްވުންގެ ހިތްތަކަށް ހަރާލި ކައްޓަކަށެވެ. ނަތީޖާއެއްގެގޮތުން ޑރ.ޒާކިރް ނައިކަށް ތަފާތު ދުއްތުރާތައްކޮށް، "ޓެރަރިޒަމް"ގެ ލޭބަލް އަޅުގައި އޭނާ ހުއްޓުވަން އެމީހުން ގިނަ މަސައްކަތްތައް ކުރަންފެށިއެވެ.

އެހެންނަމަވެސް ޑރ.ޒާކިރް ނައިކުގެ މަސައްކަތަކީ އެއަށްވުރެ ބޮޑަށް ދެފުއްފެންނަ، ހާމަކަންބޮޑުގޮތެއްގައި މުޅިދުނިޔެއަށް ރެއާދުވާލު ފެންނަމުންދާ މަސައްކަތަކަށްވާތީ، މަކަރާއި ޙީލަތާއި ދޮގު އިލްޒާމު ބޭނުންކޮށްގެން އެކަން ހުއްޓުވުން ވެގެންދިޔައީ ދަތި އުނދަގޫކަމަކަށެވެ.

ހައްދުފަހަނައަޅާފައިވާ އައިއެސް ފަދަ ޖަމާއަތްތަކާ ޑރ.ޒާކިރު ނައިކާ ގުޅުން އޮންނަކަމަށްބުނެ ތަކުންތާކު ނުޖެހޭ ވާހަކަތައް އެމީހުން ދައްކައެވެ. އެހެންނަމަވެސް އެފަދަ ޖަމާޢަތްތަކާމެދު ޑރ.ޒާކިރް ނައިކް ދެކެވަޑައިގަންނަވާގޮތާއި، އޭނާގެ ދަޢުވަތަކީ ކޮބައިކަން އެއޮތީ އިންޓަނެޓުގައި ސާފުކޮށް ފެންނާށެވެ. ކޮންމެ މީހަކަށް ކޮންމެ ވަގުތަކު ބަލާލެވޭނެއެވެ. އަޑުއެހޭނެއެވެ. އޮޅުވައެއް ނުލެވޭނެއެވެ.

ޑރ.ޒާކިރު ނައިކުގެ އިސްތަށިފުޅުގައި އަސްލެއްނެތް އިލްޒާމު އަޅުވައިގެން ގަދަބާރުން އޭނާގެ މަތިވެރި މަސައްކަތް ހުއްޓުވަން އިސްލާމްދީނުގެ ޢަދުއްވުން މިހާރުވެސް އެދަނީ މަސައްކަތް ކުރަމުންނެވެ.

މާތްﷲ ޑރ.ޒާކިރް ނައިކު ރައްކާތެރިކުރައްވައި އޭނާގެ މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ. އަދި އެމަސައްކަތުގެ ސަބަބުން އިސްލާމްދީނުގެ ޢަދުއްވުންނަށް ތެދުމަގުދައްކަވައި ހިތާޔަތުދެއްވާށިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.